އަބްދުﷲ ޖާބިރު

އިންތިހާބު އޮތީ ނިމިފައި، ދެން ނިމެންވީ ހަނގުރާމަ: ޖާބިރު

Mar 22, 2022

އެމްޑީޕީގެ މެންބަރު ދެބަޔަށް ބެހިލައިގެން ކުރާ "ހަނގުރާމަ" ހުއްޓާލައި ފައްޔާޒް އިސްމާއީލާއެކު ރަނގަޅަށް އެމްޑީޕީ ހިންގާން ފެށުމުގެ ވަގުތު ޖެހިއްޖެ ކަމަށް ޑީއާރްޕީގެ ލީޑަރު، އަދި އެމްޑީޕީގެ ފިކުރުގައި ހުންނަވާ ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޖާބިރު ވިދާޅުވީ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބަކީ މިހާރު ނިމިފައިވާ އިންތިހާބެއް ކަމަށާއި އެ އިންތިހާބު މިހާރު ވެސް 75 ޕަސެންޓްގެ ބޮޑު ތަފާތަކުން ފައްޔާޒު ކާމިޔާބު ކޮށްފައިވާތަން ފެންނަ ކަމަށެވެ.

"މި އިންތިހާބު ކެމްޕޭން ފެނުނު އިރު ވެސް އޮތީ ނަތީޖާ ނުކުމެފައި އިނގޭތޯ. އަޅުގަނޑަށް މައްސަލައަކީ ނިމިފައިވާ ކަމެއްގައި އެމްޑީޕީ ދެބަކަށް ބެހިގެން ބޮޑު ހަނގުރާމައެއް ފަށައިގެން އުޅޭތީ. އެއީ އެމްޑީޕީން ކުރަން ހެޔޮވާވަރު ކަމެއް ނޫން،" ޖާބިރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެމްޑީޕީ އަލުން ރުކުވާލައި ހަރުދަނާ ކުރެވޭނީ ފައްޔާޒަށް ކަމަށައި އެތެރެގޭ ވާދަވެރިކަން އެއް ފަރާތްކޮށްލައި އެ މަސައްކަތް ފައްޔާޒާކު ފެށުމަށް ކުރަންޖެހޭ މަސައްކަތަށް ތައްޔާރުވާން ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ އެތެރޭގެ ވާދަވެރި ކަމުގައި އުޅެން އެމްޑީޕީއަށް ވަގުތެއް ނެތް ކަމަށާއި ކުރިމަތީގައި އޮތީ ރިޔާސީ އިންތިހާބެއް ކަމަށެވެ.

"އެ އިންތިހާބަށް އެމްޑީޕީ ރަނގަޅަށް ތައްޔާރުވުމުގެ މަސައްކަތް ކުރިޔަށް ގެންދެވޭނީ ވެސް ފައްޔާޒަށް، އޭނާ އެހުރީ ހޮވިފައި. ނިމެންވީ އެތެރޭގެ ހަނގުރާމަ،"