ސާވިސް ޗާޖް

ބޮޑު ސާވިސް ޗާޖު ރިޒް ކާލްޓަން އާއި އިތާފުށިން

Mar 27, 2022
1

މިމަހު އެންމެ ބޮޑު ސާވިސް ޗާޖެއް ދީފައިވާ ދެ ރިސޯޓަކީ ރިޒް ކާލްޓަން މޯލްޑިވްސް އާއި ވޮލްޓޯފް އެސްޓޯރިއާ އިތާފުށްޓެވެ.

ރިސޯޓް ވޯކާސް އިން މިހާތަނަށް އާއްމުކޮށްފައިވާ ސާވިސް ޗާޖުގެ މައުލޫމާތުތަކުގައިވާ ގޮތުން އެންމެ ބޮޑު ސާވިސް ޗާޖެއް ދިން ކަމަށް މިހާތަނަށް އެނގިފައިވަނީ ރިޒްކާލްޓަން ބްރޭންޑުން ރާއްޖޭގައި ހިންގާ ފަރި އައިލެންޑުގައި ހިމެނޭ ތަންތަނުންނެވެ. މި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 2،239 ޑޮލަރު (ގާތްގަނޑަކަށް 34،524ރ.) ދީފައިވެ އެވެ.

ދެން އެންމެ މަތިން ސާވިސް ޗާޖު ދީފައި ވަނީ މެދުއިރުމަތީގެ މަހުޖަނަކާއި ހ. ސީސައިޑް މުހައްމަދު އަލީ ޖަނާހު ގުޅިގެން ހިންގާ އިތާފުށި މޯލްޑިވްސް އިންނެވެ. ދުނިޔޭގެ އެންމެ ލަގްޒަރީ ޓޫރިޒަމް ބްރޭންޑް ކަމަށްވާ ހިލްޓަންގެ ވޮލްޑޯފް އެސްޓޯރިޔާގެ މި ރިސޯޓުން ސާވިސް ޗާޖުގެ ގޮތުގައި 2،087 ޑޮލަރު (ގާތްގަނޑަކަށް 232،181ރ.) ވަނީ ދީފަ އެވެ.

ރާއްޖޭގެ ހުރިހާ ޓޫރިސްޓު ފެސިލިޓީއަކުން ސާވިސް ޗާޖުގެ ގޮތުގައި 10 ޕަސެންޓު ނެގުމަކީ ގާނޫނީ ގޮތުން ލާޒިމް ކަމެކެވެ. އަދި ސާވިސް ޗާޖު ނުދީފި ނަމަ ވަޒީފާ ދޭ ފަރާތް ބައި ލައްކަ ރުފިޔާ އަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ލޭބާ ރިލޭޝަންސް އޮތޯރިޓީ (އެލްއާރުއޭ) އޮވެ އެވެ.