ސާވިސް ޗާޖް

ޖޯލި ރިސޯޓު މުވައްޒަފުންނަށް 27،524ރ. ގެ ސާވިސް ޗާޖެއް

Feb 25, 2021

ޖޯލި މޯލްޑިވްސް އިން މި މަހު ސާވިސް ޗާޖުގެ ގޮތުގައި 1،785 ޑޮލަރު (ގާތްގަނޑަކަށް 27,524ރ.) ދީފި އެވެ.

ރާއްޖޭގެ ރިސޯޓުތަކުގެ ސާވިސް ޗާޖުގެ މައުލޫމާތު އާއްމުކުރާ ރިސޯޓް ވޯކާސް ޕޭޖުން ވަނީ މިހާތަނަށް ސާވިސް ޗާޖު ދީފައިވާ ބައެއް ރިސޯޓުތަކުގެ އަދަދުތައް އާއްމު ކޮށްފަ އެވެ. މިހާތަނަށް އެންމެ މަތިން ސާވިސް ޗާޖެއް މި މަހު ދީފައިވާ ކަމަށް ދައްކަނީ ޖޯލި މޯލްޑިވްސް އެވެ. އެ ރިސޯޓުން 1،785 ޑޮލަރު ދިނެވެ.

މި ރިސޯޓުގެ އިތުރުން ރާއްޖޭގެ އެހެން ބައެއް ރިސޯޓު ތަކުން ސާވިސް ޗާޖުގެ ގޮތުގައި ދިން އަދަދުތައް ވެސް ވަނީ އާއްމު ކޮށްފަ އެވެ. ނަމަވެސް ރާއްޖޭގައި އެންމެ މަތިން ސާވިސް ޗާޖު ދޭ ރިސޯޓުތަކުގެ އަަދަދުތައް މިހާތަނަށް ހާމަ ކޮށްފައެއް ނުވެ އެވެ.

މިހާތަނަށް އާއްމުކުރި ރިސޯޓުތައް

  • ޕުލްމަން މޯލްޑިވްސް މާމުޓާ: 705.58 ޑޮލަރު
  • މާނާގައު: 983 ޑޮލަރު
  • ކޮންޑްރެޑް ރަންގަލި ރިސޯޓް: 1،404 ޑޮލަރު

މި ދިޔަ މަހަކީ ރާއްޖޭގެ އެންމެ ބޮޑު ސާވިސް ޗާޖެއް ދިން މަހެވެ. މިދިޔަ މަހު އެންމެ މަތިން ސާވިސް ޗާޖު ދީފައިވާ ރިސޯޓަކީ ވެލާ ޕްރައިވެޓް އައިލެންޑެވެ.

ސާވިސް ޗާޖު ނަގައި އެ ބެހުމަކީ މިހާރު ގާނޫނީ ގޮތުން ލާޒިމް ވެސް ކަމަކެވެ. ސާވިސް ޗާޖުގެ ގޮތުގައި ނަގަނީ 10 ޕަސެންޓެވެ.