އަހުމަދު ނިހާން ހުސައިން މަނިކު

ނިހާންގެ ޝަރީއަތް ކުރިޔަކަށް ނުދިޔަ

Mar 30, 2022
އަހުމަދު ނިހާން ހުސައިން މަނިކު
0%
0%
0%

އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލަތަކެއްގައި ދައުވާ ކޮށްފައިވާ ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެންބަރު އަހްމަދު ނިހާން ހުސައިން މަނިކުގެ ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.

ނިހާންގެ މައްޗަށް ހަ ދައުވާއެއް އުފުލާފައިވެ އެވެ. އެއީ ރިޝްވަތު ހިފުމުގެ ތިން ދައުވާއަކާއި، ރިޝްވަތު ދިނުމުގެ ދެ ދައުވާއެއްގެ އިތުރުން މަނީ ލޯންޑަރިންގެ ދައުވާ އެކެވެ. މި ހަ ދައުވާއަށް ވެސް އޭނާ ވަނީ އިންކާރުކުރައްވާފަ އެވެ.

ނިހާނަށް ދައުވާ ކުރަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ މުގައްރިރަކަށް ހުންނެވި ދުވަސްވަރު ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ ފަރާތްޕުޅުން ރިޝްވަތަށް އެދިވަޑައިގަތުމާއި ރިޝްވަތު ހިއްޕެވުމާއި އެގޮތަށް ހޯއްދެވި ފައިސާ ލޯންޑާ ކުރެއްވުމުގެ ކުށުގަ އެވެ.

މީގެ ކުރިން މި މައްސަލައިގައި ތާވަލްކޮށްފައިވާ ގިނަ އަޑުއެހުންތަކެއް އެކި ސަބަތަކާ ގުޅިގެން ކޯޓުން ވަނީ ކެންސަލްކޮށްފަ އެވެ. މިއަދުގެ އަޑުއެހުން ވެސް ކެންސަލް ކޮށްފައިވާއިރު ކެންސަލްވި ސަބަބު ކޯޓަކުން ނުބުނެ އެވެ. މި މައްސަލައިގައި އަދި ވެސް ކުރިއަށް ދަނީ އިބްތިދާއީ މަރުހަލާ އެވެ.

މީގެ ކުރީން އޮތް އަޑުއެހުމެއްގައި ދައުލަތުން ވަނީ ނިހާންގެ މިލްކިއްޔާތުގައި ހުރި ބައެއް ތަކެތި ދައުލަތަށް ނެގުމަށް ވެސް އެދިފަ އެވެ. އޭގެ ތެރޭގައި ނިހާންގެ ޕްލެޓިނަމް ރެސިޑެންޓް ފްލެޓާއި ރޮލެކްސް (ސަބްރީނާ) ބްރޭންޑްގެ ގަޑިއެއް ހިމެނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910