ޓޫރިސްޓް އެރައިވަލް

އިއްޔެގެ ނިޔަލަށް ހަތަރުލައްކަ ޓޫރިސްޓުން އަތުވެއްޖެ

މި އަހަރުގެ މިހާތަނަށް ރާއްޖެ އަށް 400،000 އަށް ވުރެ ގިނަ ޓޫރިސްޓުން އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީން އާންމުކުރާ ތަފާސް ހިސާބުތައް ދައްކާ ގޮތުން އިއްޔެގެ ނިޔަލަށް 427،677 ޓޫރިސްޓުން ރާއްޖެ އައިސްފައިވެ އެވެ.

ޓޫރިޒަމް މިނިސްޓްރީގެ އެންމެ ފަހުގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިހާރު ރާއްޖޭގެ "ޑެއިލީ ޓޫރިސްޓު އެރައިވަލްސް" ނުވަތަ ދުވާލެއްގެ މައްޗަށް އަންނަނީ 4,776 ޓޫރިސްޓުންނެވެ. މި އަދަދަކީ މިދިޔަ އަހަރާ ބަލާއިރު ނިސްބަތުން އިތުރު ވުމެކެވެ.

މި އަހަރުގެ ޖެނުއަރީ މަހު އެވްރެޖު ޑެއިލީ އެރައިވަލްސް އުޅުނީ 4,250 ގަ އެވެ. ނަމަވެސް ފެބްރުއަރީ މަހުގެ ޑެއިލީ އެރައިވަލްސް ހުރީ 5,322 ގަ އެވެ. އެ މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މި މަހުގެ މިހާތަނަށް ރާއްޖޭގައި ޓޫރިސްޓެއް އެވްރެޖުކޮށް މަޑުކުރަނީ 8.8 ދުވަހު އެވެ. ނަމަވެސް ޖެނުއަރީ މަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި ނުވަ ދުވަހު ރާއްޖޭގައި މަޑުކޮށްފައިވެ އެވެ. އަދި ފެބްރުއަރީ މަހު ޓޫރިސްޓުން އެވްރެޖު ގޮތެއްގައި 8.6 ދުވަހު ރާއްޖޭގައި މަޑުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މި އަހަރުގެ މިހާތަނަށް ބަލާއިރު އެންމެ ގިނައިން ޓޫރިސްޓުން އައިސްފައިވާ ރަޝިއާ އިން 50،000 ގިނަ ޓޫރިސްޓުން އައިސްފައިވެ އެވެ. މިއީ ޓޫރިޒަމްގެ 14.8 ޕަސެންޓުގެ އިތުރުވުމެކެވެ.