ފޮރިން މިނިސްޓްރީ

ވިސާމް އިސްތިއުފާ ދެއްވައިފި

ރާއްޖެއިން މެލޭޝިޔާއަށް ކަނޑައަޅާފައިވާ ސަފީރު ވިސާމް އަލީ އިސްތިއުފާ ދެއްވައިފި އެވެ.

އެކަން ފޮރިން މިނިސްޓްރީން ވަނީ ޔަގީން ކޮށްދީފައެވެ. އަދި ވިސާމްގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވަނީ ޓްވީޓެއްވެސް ކުރައްވާފައެވެ.

މިނިސްޓަރު ވިދާޅުވީ ވިސާމްގެ ހިދުމަތުގެ އަގު ވަޒަން ކުރައްވާ ކަމަށާ ހިދުމަތްތަކަށް ޝުކުރުވެރިވާ ކަމަށެވެ.

މާޗް 26، 2019 ގައި މަގާމަށް އައްޔަން ކުރެއްވި ވިސާމް، އެ މަގާމުން އިސްތިއުފާ ދެއްވި ވަކި ސަބަބެއް ވިދާޅެއް ނުވެއެވެ.

ވިސާމް އަކީ ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީގެ އަނބިކަނބަލުންނެވެ. ވިސާމް އާއި ތަސްމީން ދިރިއުޅުއްވަނީވެސް މެލޭޝިޔާގައެވެ.