އިންޑިއާގެ އެހީ އާއި އެކު ރާއްޖޭގައި ކުރިއަށް ގެންދާ ހައި އިމްޕެކްޓް ކޮމިއުނިޓީ ޑިވެލޮޕްމަންޓް ޕްރޮޖެކްޓްސް -- އެޗްއައިސީޑީޕީގެ ދަށުން ނުވަ ޕްރޮޖެކްޓެއް ހިންގުމަށް އިންޑިއާ ސަރުކާރުން 5.95 މިލިއަން ރުފިޔާ ދޫކޮށްފި އެވެ.
މި ޕްރޮޖެކްތަކާ ގުޅޭ އެއްބަސްވުންތަކުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސޮއި ކުރެއްވީ ނިމިދިޔަ ޖުލައި މަހުގެ 11 ގައި އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައެވެ.
މި އެއްބަސްވުންތަކުގެ ދަށުން އިންޑިއާ އިން ވަނީ ރާއްޖޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޑިވެލޮޕްމަންޓް ޕްރޮގްރާމަށް ޖުމްލަ 361 މިލިއަން ރުފިޔާގެ ހިލޭ އެހީ ދޭން ނިންމާފަ އެވެ.
މި މަޝްރޫޢުތަކުގެ ތެރޭގައި ހިމެނެނީ:
- ށ. ކަނޑިތީމުގަައި ވޮލީބޯޅަ ކޯޓެއް ތަރައްގީ ކުރުން
- މ. ދިއްގަރުގައި ގޭދޮށު މަސް ޕްލާންޓް ބެހެއްޓުން
- ގއ. ކޮނޑޭގައި މަގުބައްތި ހަރުކުރުން
- ރ. އުނގޫފާރު ހޮސްޕިޓަލުގައި މެންޓަލް ހެލްތު ޔުނިޓް ތަރައްގީ ކުރުން
- ހއ. އުތީމުގަނޑުވަރުގެ ފުރާޅު ހިމާޔަތްކުރުމާއި ވަށައިގެންވާ ސަރަޙައްދު ތަރައްގީ ކުރުން
- ފ. ނިލަންދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުން
- ށ. ފޯކައިދޫ ކޮމިއުނިޓީ ސެންޓަރަށް ފަރުނީޗަރާއި އިކުއިޕްމަންޓް ހޯދުން
- ސްކޫލްތަކުގެ ކޮމްޕިއުޓާ ލެބް އަޕްގްރޭޑް ކުރުން
- ތ. ވިލުފުށީ ސްކޫލް ޑިޖިޓަލައިޒޭޝަން ޕްރޮގްރާމް
އިންޑިއާ ސަރުކާރުގެ އެހީގައި ރާއްޖޭގެ 21 ރަށެއްގައި 65 މަޝްރޫއެއް ކުރިއަށް ގެންދެ އެވެ. އެގޮތުން މީގެ ތެރެއިން 27 މަޝްރޫއުއް މިހާރު ވަނީ ނިންމާފަ އެވެ.