އަބްދުﷲ ޝާހިދު

ފޮރިން މިނިސްޓަރު ޝާހިދު އިންޑިއާއަށް ވަޑައިގެންފި

Mar 1, 2023

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފި އެވެ.

ރަސްމީ ދަތުރުފުޅެއްގައި ޝާހިދު މިއަދު އިންޑިއާ އަށް ވަޑައިގަތީ ރައިސީނާ ޑައިލޮގް ކޮންފަރެންސްގައި ބައިވެރިވެވަޑައިގަތުމަށެވެ.

އިންޑިއާގެ ވެރިރަށް ނިއު ދިއްލީގައި މާދަމާ ފަށާ މި ކޮންފަރެންސަކީ އޮބްޒާވާ ރިސާޗް ފައުންޑޭޝަނާ ގުޅިގެން ބާއްވާ ކޮންފަރެންސެކެވެ.

ޝާހިދުގެ މިދަތުރުފުޅުގައި އިންޑިއާގެ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ބައްދަލުކުރެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.

ޝާހިދު އިންޑިއާ އަށް ވަޑައިގެންފައިވާއިރު އެމަަނިކުފާނުގެ ފޮރިން މިނިސްޓަރު ކަމުގައި އިންޑިއާ އިން ވަނީ ރާއްޖެއަށް ވަރަށް ގިނަ އެހީ ދީފަ އެވެ. އަދި ރާއްޖޭގައި މިވަގުތު ކުރިއަށްދާ ގިނަ މަޝްރޫއުތަކަކީ އިންޑިއާ އިން ދޫކޮށްފައިވާ ލޯނު ފައިސާގައި ކުރިއަށްދާ މަޝްރޫއުތަކެކެވެ.