އިންޑިޔާގެ ބޮޑުވަޒީރު މޯދީ

ރާއްޖެއަކީ އަގުހުރި ބައިވެރިއެއް: މޯދީ

ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ --
0%
0%
0%

ރާއްޖެއަކީ އިންޑިއާގެ އަގުހުރި ބައިވެރިއެއް ކަމަށް އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ވިދާޅުވެއްޖެ އެވެ.

ރާއްޖެއަކީ އަގުހުރި ބައިވެރިއެއް ކަމަށް މޯދީ ވިދާޅުވީ އިންޑިއާގެ ބޮޑުވަޒީރު ކަމަށް މޯދީ ތިން ވަނަ ދައުރަކަށް އިންތިހާބުވުމުން އެކަމަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ. މުހައްމަދު މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓަށް ޖަވާބު ދެއްވަމުންނެވެ.

މޯދީ ވިދާޅުވީ ރާއްޖެއަކީ އިންޑިއާ ކަނޑުގައި އެގައުމުގެ އަގުހުރި ބައިވެރިއެއް ކަމަށެވެ. އަދި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށްވެސް މޯދީ ވިދާޅުވި އެވެ.

ނައިބުރައީސް ހުސައިން މުހައްމަދު ލަތީފުވެސް ވަނީ މޯދީއަށް މަރުހަބާ ވިދާޅުވެ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

އެ ޕޯސްޓަށް ޖަވާބު ދެއްވަމުން މޯދީ ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ.

މީގެ އިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދު އާއި ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުވެސް ވަނީ މޯދީއަށް މަރުހަބާ ވިދާޅުވެފަ އެވެ.

އިންޑިއާގެ އިލެކްޝަން ކޮމިޝަނުން އާންމުކުރި ހިސާބުތައް ދައްކާ ގޮތުން ވެރިކަންކުރާ ބަރަތިޔާ ޖަނަތަ ޕާޓީ (ބީޖޭޕީ) އަށް މިފަހަރު ލިބިފައި ވަނީ 240 ގޮނޑި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910