ޑރ. މުހައްމަދު މުއިއްޒު

ގޮންޖެހުންތައް ހައްލުކޮށް ރާއްޖެ-އިންޑިއާގެ ގުޅުން ބަދަހިކުރަން ތައްޔާރު: ރައީސް

ރައީސް މުއިއްޒުގެ ދެކަނބަލުން އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި އެގައުމުގެ ރައީސް ދުރޫޕަދީ މުރުމޫއާއެކު -- ފޮޓޯ: ރައީސް އޮފީސް
0%
0%
0%

ދިމާވާ ގޮންޖެހުންތައް ހައްލުކޮށް ރާއްޖެއާއި އިންޑިއާގެ ގުޅުން އިތުރަށް ބަދަހިކުރަން މަސައްކަތްކުރަން ތައްޔާރަށް ހުންނެވި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިންޑިއާގެ 76 ވަނަ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ ފޮނުއްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ދެ ގައުމުގެ ގުޅުމަކީ އިހުތިރާމާއި އިތުބާރުގެ މައްޗަށް ބިނާވެފައިވާ ވަރުގަދަ ގުޅުމެއް ކަމަށެވެ.

ރައީސް މުއިއްޒު ވަނީ އިންޑިއާއާއެކު އޮންނަ ގާތް ރަހުމަތްތެރިކަމުގެ ގުޅުމަށް ރާއްޖޭން އަބަދުވެސް އިހުތިރާމުކުރާނެ ކަމަށް ވިދާޅުވެފަ އެވެ.

އެގޮތުން ގޮންޖެހުންތައް ހައްލުކޮށް ދެ ގައުމަށް އެންމެ ފައިދާހުރި ގޮތުގައި ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރަން ތައްޔާރަށް ހުންނެވި ކަމުގައި ރައީސް މުއިއްޒު ވިދާޅުވި އެވެ.

ރައީސް މުއިއްޒުގެ ޕޯސްޓްގައި ވަނީ އިންޑިއާގެ ޖުމްހޫރީ ދުވަހުގެ ތަހުނިޔާ އެ ގައުމުގެ ރައީސް ދުރޫޕަދީ މުރުމޫ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ އިތުރުން އެ ގައުމުގެ ރައްޔިތުންނަށް ފޮނުއްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910