ރައީސް މުހައްމަދު ނަޝީދު

އިންޑިއާއަށް އިހްތިރާމު ކުރަންޖެހޭނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު -- ފޮޓޯ: އަވަސް
0%
0%
0%

ދިވެހިރާއްޖޭގެ އިހްތިރާމު އިންޑިއާއަށް އަބަދުވެސް ލިބެން ޖެހޭ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ޒަމާނުއްސުރެ ދިވެހިން އަމިއްލަ ވެރިކަމެއް ހާސިލްކޮށްފައިވަނީ ދިވެހިންނަަކީ ހަރުދަނާ އަދި ސްޓްރެޓީޖިކް ބަޔަކަށްވާތީ ކަމަށެވެ. އަދި އެކަން އޭރު ހާސިލްކޮށްފައިވަނީވެސް ގަދަކަން ދައްކައިގެން ނޫން ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ލީޑަރުންގެ ދުރުވިސްނުމެއް ނެތް ނަމަ، އަދި ބުރަކަށީގައި ތަޅަމުން ދިޔަޔަސް، އަޅުގަނޑުމެންނަށް ގެއްލުންވާނެ." ނަޝީދު ވިދާޅުވި އެވެ.

ނަޝީދު އިތުރަށް ވިދާޅުވީ އިންޑިއާ އަކީ އެންމެ ކުރީސުރެއްވެސް އަވަށްޓެރި އަދި ރަހުމަތްތެރި ގައުމެއް ކަމަށެވެ. އެހެންކަމުން އަބަދުވެސް އެމީހުންނަށް އިހުތިރާމް ކުރަންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.

ނަޝީދު މިހެން ވިދާޅުވެފައި މިވަނީ އިންޑިއާ ސިފައިން ރާއްޖެއިން ފޭބުމަށް މުހުލަތެއް ދީފައި ވަނިކޮށް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ސޯޝަލްމީޑިއާގައި ހޫނު ޒުވާބުތަކެއް ހިނގަމުންދާ ވަގުތެއްގައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910