ފޮރިން މިނިސްޓްރީ

ދައުވަތަކަށް ޝާހިދު އިންޑިއާއަށް ވަޑައިގެންފި

އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ޖައިޝަންކަރާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު
0%
0%
0%

ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބަދަހިކުރުމަށް ރަސްމީ ދަތުރުފުޅެއްގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އިންޑިއާއަށް ވަޑައިގެންފި އެވެ.

ޝާހިދު އިންޑިއާއަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު -- ޑރ. ޖައިޝަންކަރްގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ.

ޝާހިދު މިއަދު ވިދާޅުވީ މި ދަތުރުފުޅަކީ އިންޑިއާއާއި ރާއްޖެއާ ދެމެދު އޮންނަ މަތީފެންވަރުގެ ބައްދަލުވުންތަކުގެ ސަގާފަތް ދެމެހެއްޓެވުމަށް ކުރައްވާ ދަތުރުފުޅެކެވެ. އަދި ދެ ގައުމުގެ މަސްލަހަތު ހިމެނޭ ކަންކަމުގައި އެއްބާރުލުން ދިނުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށްވެސް ވިދާޅުވި އެވެ.

ފޮރިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ރަސްމީ ބައްދަލުވުނަތައް ކުރިއަށްދާނީ މި މަހުގެ 11 އަދި 12 ވަނަ ދުވަހު ކަމަށެވެ.

މި ބައްދަލުވުންތަކުގައި ރާއްޖޭގެ ތަރައްގީގެ މަޝަރޫއުތަކުގެ ވާހަކައިގެ އިތުރުން ގައުމުތަކުގެ އެއްބައިވަންތަކަން ބަދަހިކުރުމުގެ ވާހަކަތައްވެސް ދައްކަވާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ޝާހިދުގެ މިދަތުރުފުޅުގައި އިންޑިއާ ކައުންސިލް ފޯ ވޯލްޑް އެފެއާސްގައި ވާހަކަފުޅު ދެއްކެވުމަށްވެސް ހަމަޖެހިފައިވެ އެވެ. އަދި އިންޑިއާ ސަރުކާރުގެ އިސް ބައެއް ބޭފުޅުންނާ ވެސް ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެ އެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވި ފަހުން އިންޑިއާ އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން ދުވަހަކުވެސް ގާތް ނުވާވަރަށް މިހާރު ވަނީ އެ ގުޅުން ގާއިމުވެފަ އެވެ. އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރާ ގޮތުގައި ދެ ގައުމުގެ ގާތްގުޅުމުގެ ނާޖާއިޒު ފައިދާ ނަގައިގެން އިންޑިއާ އިން ދަނީ ރާއްޖޭގެ މިނިވަންކަމަށް އަރައިގަންނަމުންނެވެ.

1 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910