ފޮރިން މިނިސްޓްރީ

ޓްރިވެންޑްރަމްގައި ހުންނަވާ ކޮންސުލް ޖެނަރަލްގެ މަގާމަށް ޝިފާނާ

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަވާ ރާއްޖޭގެ ކޮންސުލް ޖެނަރަލްގެ މަގާމަށް ފޮރިން މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އައިމިނަތު ޝިފާނާ އައްޔަންކޮށްފި އެވެ.

ފޮރިން މިނިސްޓްރީގައި އޮތް މިކަމަށްޓަކައި އޮތް ރަސްމިއްޔާތެއްގައި ޝިފާނާއަށް މަގާމުގެ ލިޔުން ހަވާލުކޮށްދެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު އެވެ.

އިންޑިއާގެ ޓްރިވެންޑްރަމްގައި ހުންނަ ރާއްޖޭގެ ކޮންސުލް ޖެނަރަލްގެ މަގާމަށް ޝިފާނާ އައްޔަންކުރީ ކުރިން އެ މަގާމުގައި ހުންނެވި އައިމިނަތު އަބްދުﷲ ދީދީ ފޮރިން މިނިސްޓްރީގެ އެޑިޝަނަލް ސެކެޓްރީގެ މަގާމަށް ބަދަލުކުރެއްވުމަށްފަހު އެވެ.

އާ ކޮންސުލް ޖެނަރަލް ޝިފާނާ އަކީ 1999 ވަނަ އަހަރުން ފެށިގެން ހާރިޖީ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާ ބޭފުޅެކެވެ.