ކޫއްޑޫ

ކޫއްޑޫން 50 މެޓްރިކް ޓަނުގެ ބާދަގަނޑު ނީލަމަށް

Apr 7, 2022

ދުވަސްވީ ގިނަ އަދަދެއްގެ މެޝިނަރީ ހުރި ކޫއްޑޫ ފެކްޓްރީން 50 މެޓްރިކް ޓަނަށް ވުރެ ގިނަ ބާދަގަނޑު ނީލަން ކިޔަން ތައްޔާރު ވެއްޖެ އެވެ.

ރާއްޖޭގެ އެންމެ ބޮޑު ސިނާއީ ރަށް ކަމަށްވާ ކޫއްޑޫ ފެކްރީގައި ހުރި ބާދަގަނޑު ނީލަަށް ކިޔަން ނިންމުމާ ބެހޭ ގޮތުން މިފްކޯއިން ބުނީ ކޫއްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި ހުރި 50 މެޓްރިކްޓަންގެ ބާ ދަގަނޑު ނީލަމުގައި ވިއްކާލުމަށް ގަސްތުކުރާ ކަމަށާ، މި އަދަދުތަކަކީ އަންދާޒާ އަދަދުތަކަކަށް ވާތީ، އުނި އިތުރު އައުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.

އަދި މި ބާދަގަނޑުތައް ނީލަންކިޔުން އޮންނާނީ، މިމަހުގެ 10 ވަނަ ދުވަހުގެ ހެނދުނު 11.00 ގައި މިފްކޯ ހެޑް އޮފީހުގަ އެވެ. ނީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއެއް ގެންދިއުމުން ބައިވެރިވެވޭނެ އެވެ.

ނީލަމުގައި ބައިވެރިވާ ކޮންމެފަރާތަކުން ވެސް 10,000ރގެ ޑިޕޮޒިޓެއް ބަހައްޓަން ޖެހެ އެވެ. އަދި ނީލަން ކާމިޔާބު ކުރާ ފަރާތްތަކުން މި ތަކެތި ހަފުތާއެއްގެ ތެރޭގައި ގެންދަން ޖެހެ އެވެ.

ރާއްޖޭން ކޮންމެ އަހަރަކު ވެސް އެތަށް ސަތޭކަ ބާދަނޑު ބޭރު ކުރެ އެވެ. އަދި މި ތަކެތި އެކްސްޕޯޓް ކުރަނީ އިންޑިއާ އަށެވެ. އާއްމުކޮށް ދަނޑު ކިލޯއެއް ރަށު ތެރޭގައި 35ރ. އަށް ވިއްކާއިރު ލޮއި ކިލޯއެއްގެ ވިއްކާ އަގަކީ 85ރ. އެވެ. ނީލަން ކާމިޔާބު ވާނީ އެންމެ މަތީ އަގެއް ހުށަހަޅާ ފަރާތަކަށެވެ. ނަމަވެސް މިހާރުގެ ބާޒާރުގެ އަގުން ކުޑަކޮށް ބަލާނަމަ މިހާރު ވިއްކަން ކަނޑައަޅާފައިވާ ދަގަނޑަށް 1.7 މިލިއަން ރުފިޔާ ލިބޭނެ އެވެ.