މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ދުވަހުގެ ހޫނުމިން އެންމެ ގަދަވާނީ ދޭއް ޖަހާއިރު

Apr 7, 2022
1

މި މަހު ރާއްޖެއަށް ވަރަށް ހޫނު ގަދަވާނެ ކަމަށް މޫސުމާބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ.

އެ އިދާރާއިން މިއަދު ބުނީ އޭޕްރީލް މަހަކީ ކޮންމެ އަހަރަކުވެސް އެންމެ ހޫނު ގަދަ މަސް ކަމަަށެވެ. އަދި މި މަހުގެ މެންދުރު އިތުރަށް ހޫނު ގަދަވާނެ ކަމަށެވެ. އެ ގޮތުން ކޮންމެ ދުވަހެއްގެ އެންމެ ހޫނު ވާނީ މެންދުރު ދޭއްޖަހާއިރު ކަމަށްވެސް ބުންޏެވެ.

މެޓް އޮފީހުން ބުނީ މި ދުވަސްވަރު ހޫނުވާ މިންވަރު އިތުރުވަނީ މި ދުވަސްވަރު ވައި މަޑުވުމާއި އޭގެ ސަބަބުން ވައިގެ ތެއްކަން މަތިކޮށް ހިފެހެއްޓިފައި ހުރުމުން ވައިގެ ހޫނުމިނަށް ވުރެ އިހްސާސް ކުރެވޭ ހޫނުމިން އެތައް ގުނައެއް މަތިވާ ކަމަށެވެ.

މެޓް އޮފީހުން އޮފީހުގެ ބުނީ އާއްމު ވައިބާ ގުރޫޕުގައި ކޮންމެ ދުވަހަކު 11 އާއި 14 އަދި ހަވީރު ފަހެއް ޖަހާއިރު ފަސް ސްޓޭޝަންގެ ވައިގެ ފިނިހޫނުމިނާއި އިހުސާސްކުރެވޭ ފިނިހޫނުމިން އާއްމު ކުރަމުންދާނެ ކަމަށެވެ.