ތޮއްޑޫ

ތޮއްޑޫގެ ހާފިޒުންނަށް ކައުންސިލުން ފައިސާގެ އިނާމެއް ދެނީ

Apr 11, 2022

އއ. ތޮއްޑޫގެ ގުރުއާން ހިތުދަސް ކުރާ ކޮންމެ ހާފިޒަކަށް ބައި ލައްކަ ރުފިޔާގެ އިނާމެއް ދޭން ކައުންސިލުން ނިންމައިފި އެވެ.

ކައުންސިލް އިންތިހާބުގައި ވާދަކުރި މިހާރު ތޮއްޑޫ ކައުންސިލްގެ ރައީސް އަހުމަދު ކަރަމްގެ ކެމްޕޭން ވައުދުގައި ހިމެނުނު މި އިނާމު ހާފިޒުންނަށް ދޭން ނިންމާފައިވަނީ އިއްޔެ އެ ކައުންސިލުން ބޭއްވި ބައްދަލުވުމުގައި އެވެ. މިގޮތުން ކޮންމެ ހާފިޒަކަަށް 50،000ރ. ގެ އިނާމެއް ދޭނެ ކަމަށް އެ ކައުންސިލުގެ ނިންމުގައިވެ އެވެ.

މި އިނާމުގެ ފައިސާގައި ހިމެނޭ 25،000ރ. ދޭން ނިންމާފައިވަނީ ކައުންސިލްގެ ރައީސް ކަރަމްގެ ޖީބުންނެވެ. އަދި އަނެއްބައި ދޭނީ ސްޕޮންސަރުންނާއި ހެޔޮ އެދޭ ފަރާތްތަކުގެ އެހީގައި ހޯދާ ފައިސާ އިން ކަމަށް ތޮއްޑޫ ކައުންސިލުން ބުނެފައިވެ އެވެ.

ދަނޑުވެރިކަމަށް މަޝްހޫރު ތޮއްޑޫގައި މިހާރު ވެސް ހާފިޒުކަމުގެ ސަނަތު ހާސިލްކޮށްފައިވާ ތިން މީހަކު އެބަތިއްބެވެ.