ޑރ. މުހައްމަދު މުއިއްޒު

ރަސްދޫ އާއި ތޮއްޑޫގެ އިހްތިސާސްގައި ފަޅެއް ހިމަނައިފި

އއ. ރަސްދޫ އާއި އއ. ތޮއްޑޫގެ އިހްތިސާސްގައި ފަޅެއް ހިމަނައިދެއްވައިފި އެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއިކުރައްވާ މިއަދު ނެރުއްވި ގަރާރުގައި ބުނެފައިވަނީ ރަސްދޫ އާއި ތޮއްޑޫގެ އިހްތިސާސްގައި ފަޅެއް ހިމަނެއްވީ ލާމަރުކަޒީ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާއަށް ލިބިވަޑައިގަންނަވާ ބާރުގެ ދަށުން ކަމަށެވެ.

ރަސްދޫ އާއި ތޮއްޑޫގެ އިހްތިސާސްގައި ހިމަނާފައިވަނީބ ގާތްގަނޑަކަށް 200 ހެކްޓަރުގެ ފަޅެކެވެ.

އެއީ ރަސްދޫގެ އުތުރުން އޮންނަ ބޮޑު ފަޅެއް ކަމަށްވާ މާފަޅެވެ. އެ ފަޅުން ތޮއްޑު އާއި ރަސްދު އަށް، ކޮންމެ ރަށަކަށް ވަނީ 200 ހެކްޓަރުގެ ސަރަހައްދެއް ދިނުމަށް ރައީސްގެ ގަރާރުގައި ކަނޑައަޅައިފަ އެވެ.

ތޮއްޑޫ ދާއިރާގައި ހިމެނޭ ރަސްދޫ އާއި ތޮއްޑޫއަށް ފަޅެއް ހަމަޖެއްސިއިރު އެ ދާއިރާގައި ހިމެނޭ އުކުޅަހުގެ ބައެއްގެ ގޮތުގައި ގަލަގިލި ފަޅުވެސް މިމަހުގެ 17 ވަނަ ދުވަހު ވަނީ ހަމަޖައްސާފަ އެވެ.