ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އއ. ތޮއްޑޫއަށް މިއަދު ވަޑައިގެންފި އެވެ.
ރައީސް މުއިއްޒު ތޮއްޑޫއަށް ވަޑައިގެންނެވީ އއ. އަތޮޅާއި މާލެ އަތޮޅުގެ ބައެއް ރަށްތަކަށް މިއަދު ފެއްޓެވި ދަތުރުފުޅުގަ އެވެ.
މި ދަތުރުފުޅުގައި އއ. ރައްދޫ އާއި މަތިވެރީގެ އިތުރުން މާލެ އަތޮޅު ގާފަރާއި ހުރާ އަދި ހިންމަފުއްޓަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ.
ރައީސްގެ މި ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފަ އެވެ. އަދި މި ދެ އަތޮޅުގެ އަތޮޅު ކައުންސިލާވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
ރައީސްގެ އަރިހުގައި މި ދަތުރުފުޅުގައި ސަރުކާރުގެ ބައެއް ވަޒީރުންވެސް ބައިވެރިވެ ވަޑައިގަންނަވަ އެވެ.