މޯލްޑިވްސް ޕޮލިސް ސާވިސް

ތޮއްޑޫގައި ރަޝިޔާ މީހަކަށް ހަމަލާދީފި

އއ. ތޮއްޑޫގައި ރަޝިޔާ މީހެއްގެ ގައިގައި ޖަހައި މާރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނި ގޮތުގައި މާރާމާރީގައި ޒަހަމްވި ރަޝިޔާގެ އުމުރުން 42 އަހަރުގެ މީހާއަކީ ތޮއްޑޫގެ ޑައިވް ވިލާ ސެންޓަރުގައި މަސައްކަތްކުރާ މުވައްޒަފެކެވެ.

މި ހާދިސާގެ މައުލޫމާތު ފުލުހުންނަށް ރިޕޯޓްކޮށްފައިވަނި އިއްޔެ އިރުއޮއްސި 6:30 ހާއިރު އެވެ.

އަނިޔާވި ރަޝިޔާ މީހާއަށް ތޮއްޑޫ ހެލްތު ސެންޓަރުގައި ފަރުވާ ދިނުމަށްފަހު މިހާރު ވަނީ ދޫކޮށްލާފަ އެވެ.

އޭނާގެ ހާލު ރަނގަޅު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި މިހާތަނަށް މީހަކު ހައްޔަރުކޮށްފައިނުވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.