ރާއްޖޭގެ މޫސުން ގޯސްވެ އުތުރުގެ ހަތް އަތޮޅަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާބެހޭ ގައުމީ އިދާރާއިން މިރޭ ބުނީ ހއ އަތޮޅުން ފެށިގެން ޅ އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެ ހަތް އަތޮޅަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށްފައިވަނީ މިރޭގެ ނިޔަލަށެވެ.
މިރޭ އެ އަތޮޅުތަކަށް ބޯކޮށްވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަ ކުރަމުންދާއިރު ހއ އަތޮޅުން ފެށިގެން އދ އަތޮޅަށް މީގެ ކުރީން އޮތީ ވައިޓްއެލާޓް ނެރެފައެވެ.