ދުނިޔެ

ސައޫދީ ވަލީއަހުދާއި ޕޫޓިން މަޝްވަރާ ކުރައްވައިފި

ސައޫދީ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން: ފޯނުން ދެ ބޭފުޅުން މަޝްވަރާ ކުރެއްވި
0%
0%
0%

ސައޫދި އަރަބިއްޔާގެ ވަލީއަހުދު މުހައްމަދު ބިން ސަލްމާން އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން މަޝްވަރާ ކުރައްވައިފި އެވެ.

ދެ ލީޑަރުން މައިގަނޑު ގޮތެއްގައި މަޝްވަރާ ކުރެއްވީ އޯޕެކް ޕްލަސްއާ ބެހޭ ގޮތުން އެވެ. ދުނިޔޭގެ ތެޔޮ ބާޒާރު އޯޕެކްގެ އުސޫލުތަކުގައި ދެމެހެއްޓުމާއި ތެޔޮ އުފައްދާ ގައުމުތަކުގެ މެދުގައި އެއް އަސާސަކުން މުއާމަލާތް ކުރުމުގެ މުހިންމުކަމާ މެދު އެވެ.

ރަޝިއާގެ ރިޔާސީ ގަނޑުވަރު ކްރެމްލިން އިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުން ޔުކްރޭނަށް ރަޝިއާ ދެމުން ގެންދާ ހަމަލާތަކާ ބެހޭ މައުލޫމާތު ވަލީއަހުދަށް ވަނީ ސާފުކޮށް ދެއްވާފަ އެވެ.

ސައޫދީ ނޫސްތައް ބުނާ ގޮތުން ރަޝިއާ - ޔުކްރޭން މައްސަލަތަކަށް ސިޔާސީ ހައްލެއް އޮންނަން ވާނެ ކަމަށް ޕޫޓިންގެ އަރިހުގައި މުހައްމަދު ދެންނެވި އެވެ. އަދި ހަނގުރާމަ ދިގު ލައިގެން ދިއުމަކީ ދުނިޔޭގެ އިގުތިސޯދަށް ނޭދެވޭ އަސަރު ކުރާ ކަމެއް ކަމަށް ވެސް ވަލީއަހުދު ދެންނެވި އެވެ.

ރަޝިއާ - ޔުކްރޭން ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ތެލުގެ ބާޒާރަށް ވަނީ ލޮޅުން އަރާފަ އެވެ. ރަޝިއާގެ ތެޔޮ ބޭނުން ކުރުން އެމެރިކާ އާއި އިނގިރޭސިވިލާތް އަދި ޔޫރަޕް ގައުމުތަކުން ހުއްޓާލައި އެ ގައުމުތަކަށް ބޭނުންވާ ތެލާއި ގުދުރަތީ ގޭސް ކޮންމެވެސް އެހެން ދިމާއަކުން ހޯދަން ކުރާ މަސައްކަތްތަކުގައި، އޯޕެކް ގައުމުތަކަށް ވަނީ ޕްރެޝަރު ބޮޑުވެފަ އެވެ.

އެމެރިކާ އާއި ޔޫރަޕުން އެދެނީ އޯޕެކުން ތެޔޮ އުފައްދާ މިންވަރު އިތުރު ކުރުމަށެވެ. އަދި އޯޕެކްގެ ބައެއް ގައުމުތަކަށް އެމެރިކާއިން ޕްރެޝަރުކޮށް ބިރު ދެއްކުމުގެ އަލަމުތައް ހިންގަން ފަށާފައިވާ ކަމަށް ވެސް ޚަބަރުތައް ބުނެ އެވެ.

އޯޕެކް ގައުމުތަކުން ބުނާ ގޮތުން އޯޕެކްގެ އަޚްލާގާ ހިލާފު ވުމަކީ އެ ގައުމުތަކަށް ކުރެވެން އޮތް ކަމެއް ނޫނެވެ. އަދި އޯޕެކް ގައުމުތައް ސައްލާ ކޮށްގެން ނޫން ގޮތަކަށް ތެޔޮ އުފައްދާ އަދަދު އިތުރު ނުކުރެވޭނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910