ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ޖަލްސާތައް އިޝާރާތުން ގެނެސްދޭން ފަށައިިފި

Apr 18, 2022

އަޑުއިވުމުން މަހުރޫމްވެފައިވާ މީހުންނަށް ހާއްސަކޮ ށްގެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ސައިން ލެންގުއޭޖު -- އިޝާރާތުގެ ބަހުރުވައިން ފުރަތަމަ ފަހަރަށް ކިޔައިދޭން ފަށައިފި އެވެ.

އިޝާރާތުގެ ބަހުރުވައިން މަޖިލީހުގެ ޖަލްސާ ވަގުތުން ގެނެސްދެނީ އެ ދާއިރާ އިން ރާއްޖޭގެ ތަޖުރިބާކާރެއް ކަމަށްވާ ސައިން ލެންގްއޭޖް އިންޓަޕްރިޓާ މަރިޔަމް ފަޒްނީ އެވެ.

މަޖިލީހުގެ ޖަލްސާތައް އިޝާރާތުން ގެނެސްދޭން ފަށާފައި މިވަނީ މަޖިލީހުގެ މަސައްކަތްތަކަށް ޒުވާނުން އަހުލުވެރި ކުރުވުމަށް ކުރިއަށް ގެންދާ "ޕްރެކްޓިސް ޕާލިމެންޓް ފޯ ޔޫތު" ގައި ބައިވެރިވި ދަރިވަރަކު އެކަން ކޮށްދިނުމަށް އެދިފައި ވަނިކޮށެވެ.