މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

އިހުސާސްވާ ހޫނު މިން 43 ޑިގްރީގައި

Apr 18, 2022

ރާއްޖޭގެ ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން އިއްޔެ 43 ޑިގްރީ ސެލްސިއަސްއަށް އުފުލުނެވެ.

މޫސުމާބެހޭ ގައުމީ އިދާރާ (މެޓް) އިން ބުނީ ރާއްޖޭގެ ފަސް ސަރަހައްދެއްގެ މެޓް ސްޓޭޝަންތަކުން ރެކޯޑުކުރި ފިނިހޫނުމިނުގެ ނަމްބަރުތައް ދައްކާގޮތުން ވައިގެ ތެތްކަމާއި މޫސުމުގެ ސަބަބުން އިހުސާސްވާ ފިނިހޫނުމިން އެންމެ ބޮޑަށް އުފުލިފައި ހުރީ ވީއައިއޭ އޮންނަ ހުޅުލެއަށެވެ. ހުޅުލެއަށް ފިނިހޫނުމިން ރެކޯޑު ކުރެވިފައި ވަނީ 43 ޑިގްރީ ސެލްސިއަސްގައެވެ.

މިލިޓަރީ އެއާޕޯޓެއް އޮންނަ ލ. ކައްދޫ އާއި ގދ. ކާޑެއްދޫ އަދި އައްޑު އަތޮޅު ގަމަށް ފިނިހޫނުމިން އިހުސާސް ކުރެވިފައި ވަނީ 38 އާއި 39 ޑިގްރީ ސެލްސިއަސްގައެވެ. އަދި ހދ. ހަނިމާދުއަށް އިހުސާސްކުރެވޭ ފިނިހޫނުމިން ހުރީ 41 ޑިގްރީ ސެލްސިއަސްގަ އެވެ.