ފޮރިން މިނިސްޓްރީ

ތިން ހޮސްޕިޓަލަކަށް އިންޑިއާގެ އެހީ

Apr 18, 2022

ރާއްޖޭގެ ތިން ހޮސްޕިޓަލެއްގައި ތިން މަޝްރޫއެއް ހިންގަން އިންޑިއާ ސަރުކާރުން ދޭ ހިލޭ އެހީގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފި އެވެ.

މި އެއްބަސްވުންތަކުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދެވެ. އިންޑިއާ ސަރުކާރުން ސޮއިކުރެއްވީ އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރެވެ.

ހިލޭ އެހީގެ ދަށުން ހދ. ކުޅުދުއްފުށީ ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމު ކުރުމާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކްސް އަދި އޯތޮޓިކްސް މެނުފެކްޗާ ކުރުމަށް ވޯކްޝޮޕެއް ގާއިމުކުރުމާއި އަދި އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރެއް ގާއިމުކުރާނެ އެވެ.

އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ހެލްތު ސެންޓަރު ގާއިމްކުރަން 665،000 ރުފިޔާގެ ހިލޭ އެހީ ހަމަޖައްސައިދޭން ވެސް ނިންމާފައިވެ އެވެ.