ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް

ޓާމިނަލްގެ ރީތި ފަރުމާ ؛ ރާޅުބާންޏެއް

ދު ރުން ފެންނައިރު ރާޅުބާނި -- ފުލުފުލުގައި އަންނަ ރާޅުފަތި - ތަކެއްގެ ގޮތަށް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގެ އާ ޓާމިނަލްގެ ފަރުމާކޮށް އާއްމު ކޮށްފި އެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއުގެ އެންމެ މުހިންމު މަސައްކަތް ކަމަށްވާ އާ އިންޓަނޭޝަނަލް ޓާމިނަލް ހަދަމުން ދަނީ މިހާރު ހުރި ޓާމިނަލްއާ އިންވެގެންނެވެ. މީގެ ހަތަރު އަހަރު ކުރިން ސައޫދީ ބިންލާދިން ގްރޫޕާ ހަވާލުކުރި ބޮޑު މަޝްރޫއަކީ ރާއްޖޭގެ މޫނުމަތި ބަދަލު ވެގެންދާނެ ބިޔަ މަސައްކަތެވެެ.

ޓާމިނަލްގެ ސިފަތައް

  • އެރެއިވަލްސް
  • ހަ ޕެސެންޖާ ބޯޑިން ބްރިޖް
  • 1500 ސްކެއާ މީޓަރުގެ ފްލޯއޭރިއާ
  • 28 ކައުންޓަރު
  • 345 މީޓަރުގެ ދިގު ބެލްޓް
  • 7 އީ ގޭޓް
  • 24 ސީޕްލޭން ޗެކިން ކައުންޓަރު
  • ޓޫރިސްޓު ރިސެޕްޝަލް ކައުންޓަރަށް 1000 އަކަމީޓަރު
  • 19 ރިސޯޓް ލަޖުންޖު

މި ޓާމިނަލްގެ ކުރެމުން އެމްއޭސީއެލް އިން މިއަދު ހާމަ ކުރިއިރު ޓާމިނަލް ދުރުން ފެންނަނީ ރާޅު ބާނީ ތަކެއްގެ ގޮތުގަ އެވެ. ޓާމިނަލްގެ އެންމެ ހާއްސަ އެއް ސިފައަކީ މިހާރު ބޯޓުން ފައިބައިގެން ބަހަށް އަރައިގެން ޓާމިނަލްއަށް ދާން ކުރަން ޖެހޭ ދިގު ދަތުރު ނިމުމަށް އައުމެވެ. މީގެ ބަދަލުގައި ޓާމިނަލް ނިމުމުން ބޯޓު އައިސް އޭރޯބްރިޖަށް ގުޅާލައި އޭގެން މީހުން އަރައި ފޭބޭނެ އެވެ.

ޓާމިނަލް- ޑިޕާޗާ

  • ޗެއިން އަދި ސްކްރީން ކުރާ އޭރިއާ، 2500 އަކަމީޓަރު
  • 50 ޗެކިން ކައުންޓަރު
  • 20 ކައުންޓަރު
  • 6 އީގޭޓް
  • ސެކިއުރިޓީ ސްކްރީނިން އަށް 1500 އަކަމީޓަރު
  • 10 ސްކްރީނިން މެޝިން
  • 1800 އަކަމީޓަރުގެ ވީއައިޕީ ލައުންޗު އޭރިއާ
  • ދެ އައިސޮލޭޓެޑް ހޯލްޑިން ރޫމް
  • ޖުމްލަ 10 ގޭޓް

މި ޓާމިނަލްގެ ކުރެމުން އެމްއޭސީއެލް އިން މިއަދު ހާމަ ކުރިއިރު ޓާމިނަލް ދުރުން ފެންނަނީ ރާޅު ބާނީ ތަކެއްގެ ގޮތުގަ އެވެ.

އެމްއޭސީއެލްގެ ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ ޓާމިނަލް ފަރުމާ ކުރުމުގައި ދިވެހިން ހަރަކާތްތެރިވެފައިވާނެ ކަމަށެވެ.އަދި ޓާމިނަލުން ރަމްޒުކޮށްދޭނީ ރާއްޖޭގެ ސަގާފަތާއި މާހައުލުގެ ސިފަތައް ކަމަށެވެ.

"މިތަނުގެ ފަރުމާއިން ފެންނާނެ ހުކުރު މިސްކިތުގެ ކުރެހުންތައް. ރާއްޖޭގެ މާހައުލު. ވަރަށް ހިތްގައިމުވާނެ ނިމިގެން އަންނައިރު،" ހަސަން ވިދާޅުވި އެވެ.

މިތަނުގެ ފަރުމާއިން ފެންނާނެ ހުކުރު މިސްކިތުގެ ކުރެހުންތައް. ރާއްޖޭގެ މާހައުލު. ވަރަށް ހިތްގައިމުވާނެ ނިމުނީމަ
ހަސަން އަރީފު | އެމްއޭސީއެލް ޖީއެމް

ޓާމިނަލްގެ މަސައްކަތް އަންނަ އަހަރު ނިމޭނެ ކަމަށް އެމްއޭސީއެލް އިން ބުނެ އެވެ. މިހާރު ޓާމިނަލްގެ ކޮންކްރީޓް މަސައްކަތް ވަނީ އެއްކޮށް ނިމިފަ އެވެ. މިހާރު ކުރިއަށް ދަނީ ޕްރީޕެބް މެޓީރިއަލް އިން ހަދާފައިވާ ދަގަނޑު ސްޓްރަކްޗާތައް ރޭވުމުގެ މަސައްކަތެވެ.

އަހަރަކު ގާތްގަނޑަކަށް ހަތް މިލިއަން މީހުންނަށް ހިދުމަތް ދެވޭ ފެންވަރަށް، ތަރައްގީ ކުރާ ޓާމިނަލްގެ މަަސައްކަތް ބިން ލާދިން ގްރޫޕާ ހަވާލުކޮށްފައިވަނީ 350 މިލިއަން ޑޮލަރަށް (5.3 ބިލިއަން ރުފިޔާ) އަށެވެ. އަދި މި މަސައްކަތަށް ހަރަދު ކުރަނީ ސައޫދީ އާއި އަބޫދާބީ އަދި ކުވެއިތު ފަންޑުން އުފައްދާފައިވާ ކޮންސޯޓިއަމަކުންނެވެ. މި މަސައްކަތުގެ އިތުރުން ވީއައިއޭގައި ސީޕްލޭން ޓާމިނަލް އަކާއި ފިއުލްފާމެއް އައި އާރަންވޭއެއް ވަނީ ހަދައި ނިންމާފަ އެވެ. މި މަޝްރޫއުތަކުގެ އަގު ބިލިއަން ޑޮލަރަށް އަރާއިރު ގިނަ މަސައްކަތްތައް ކުރީ ބާޑްނެސްޓް ފަދަ ދުނިޔޭގެ ބޮޑެތި ބިނާތައް ހަދާފައިވާ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.