ޖޭއެސްސީ

ފަނޑިޔާރު ނައީމުގެ މައްސަލައެއް ބަލަނީ

Apr 19, 2022
2
ޑުރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ނައީމު
0%
0%
0%

ޑުރަގް ކޯޓުގެ ފަނޑިޔާރު މުހައްމަދު ނައީމުގެ ސުލޫކީ މައްސަލައެއް ބަލަން ފަށައިފި އެވެ.

ޖޭއެސްސީން ބުނީ ފަނޑިޔާރު ނައީމުގެ މައްސަލައެއް ބަލަން ނިންމީ ސޯޝަލް މީޑިއާ ގްރޫޕަކަށް އޭނާ ފޮނުވާފައިވާ މެސެޖެއްގައި، ފަނޑިޔާރެއްގެ ސުލޫކާ ހިލާފުވާ ފަދަ ބަސްތަކެއް ބޭނުން ކުރައްވާފައިވާތީ ކަމަށެވެ.

ފަނޑިޔާރު ނައީމުގެ މައްސަލަ ބަލަނީ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގަ އެވެ. އޭނާގެ ސުލޫކީ މައްސަލަ ބެލުމަށް ޖޭއެސްސީން މިހާރު ވަނީ ތަހުގީގު ކޮމިޓީ ވެސް އެކުލަވާލާފަ އެވެ.

ކުރިން ބައެއް ކޯޓުތަކުގައި އިސް ފަނޑިޔާރު ކަން ވެސް ކުރައްވާފައިވާ ފަނޑިޔާރު ނައީމަކީ މީގެ ކުރިން ވެސް ބައެއް ކަހަލަ މައްސަލަތަކުގައި ފިޔަވަޅު އަޅާފައިވާ ފަނޑިޔާރެކެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345