ހަފްތާ ބަންދާ ދިމާކޮށް މޫސުން ގޯސްވާނެ ކަމަށް މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން މިރޭ ބުނީ ހުކުރު ދުވަހުން ފެށިގެން މޫސުން ގޯސްވާނެ ކަމަށެވެ.
ހުކުރު ދުވަހު މެދުރާއްޖެތެރެ އާއި އުތުރުގެ ރަށްތަކަށް ގުރުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށްފައިވެ އެވެ.
މީގެއިތުރުން ދެކުނުގެ އަތޮޅުތަކަށް ބޯކޮށް ވާރެ ވެހޭނެ ކަމަށްވެސް މެޓް އޮފީހުން ބުނެ އެވެ.
މެޓް އޮފީހުން ބުނީ ހޮނިހިރު ދުވަހު މޫސުން އެންމެ ބޮޑަށް ގޯސްވާނީ މެދުރާއްޖެތެރެ އާއި އުތުރުގެ އަތޮޅުތަކަށް ކަމަށެވެ.
ދެކުނުގެ އަތޮޅުތަކަށް ހޮނިހިރު ދުވަހު އާދައިގެ ވަރަކަށް ވާރޭ ވެހޭނެ ކަމަށްވެސް މެޓް އޮފީހުން ލަފާކޮށްފައިވެ އެވެ.