މޫސުން

މާލެ އަތޮޅު ހިމެނޭހެން ހަތަރު އަތޮޅަށް ޔެލޯ އެލާޓް

މޫސުން ގޯސްވެ ހަތަރު އަތޮޅަކަށް ޔެލޯ އެލާޓް ނެރެފި އެވެ.

މޫސުމާއި ބެހޭ ގައުމީ އިދާރާއިން ލެޔޯ އެލާޓް ނެރެފައިވަނީ ޅ އަތޮޅުން ފެށިގެން އދ އަތޮޅެވެ. އެއީ ޅ އަތޮޅާއި ކ އަތޮޅާއި އއ އަދި އދ އަތޮޅަށެވެ.

މެޓުން ދެންމެ ބުނީ މި އެލާޓް ނެރެފައިވަނީ މިރޭ 12 ގެ ނިޔަލަށް ކަމަށެވެ. މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ބާރަށް ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.

މީގެ ގަޑިއެއްހާ ކުރީން ފެށިގެން މާލެއަށް ދަނީ ވިއްސާރަ ކުރަމުންނެވެ. އަދި ވަރަށް ބާރަށް ގުގުރަމުން ދެއެވެ.