ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫންގެ ޕްރަގްރާމް: ކީރިތި ގުރުއާންގެ މޫރިތި މަސް

0%
0%
0%

ރަމަޟާން މަހުގެ ރޭތައް އިހުޔާކޮށް ދިރުވުމުގެ ޕްރަގްރާމަކީ ރައީސް މައުމޫންގެ ވެރިކަމުގައި އެމަނިކުފާނު ފެއްޓެވި ޕްރަގްރާމެކެވެ. ވެރިކަމުން ވަކިވެވަޑައިގަތުމާއި ހަމައަށް ކޮންމެ އަހަރަކުވެސް އެ ސިލްސިލާގެ ޕްރަގްރާމްތައް ކުރިއަށް ގެންދަވާފައިވެއެވެ. އޭގެ ފަހުން އެމަނިކުފާނު އުފެއްދެވި މައުމޫން ފައުންޑޭޝަނުންވެސް ވަނީ އެ ސިލްސިލާ ކުރިއަށް ގެންދަވާފައެވެ. ބައެއް އަހަރުތަކުގައި ޓީވީ ސްޓޭޝަންތަކާއި އޮންލައިން ނޫސްތަކާއި ގުޅިގެންވެސް ދީނީ ޕްރަގްރާމްތައް ކުރިއަށް ގެންދަވާފައިވެއެވެ. މިއަހަރުގެ ރޯދަ މަހަށް ހާއްސަކޮށް އަވަސް އޮންލައިންއާ ގުޅިގެން ކުރިއަށް ގެންދަވަނީ "ކީރިތި ގުރުއާންގެ މޫރިތި މަސް" މި ނަމުގައި ޕްރަގްރާމެކެވެ. މިދިޔަ އަހަރުވެސް އަވަސްއާއެކު "ކީރިތި ގުރުއާނުގެ ދަރުބާރުގައި" މި ނަމުގައި ޕްރަގްރާމްތަކެއް ކުރިއަށް ގެންދެވިއެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910