ރައީސް މައުމޫން އަބްދުލްގައްޔޫމް

މައުމޫން ފައުންޑޭޝަނާއި ގުޅިގެން ހާއްސަ ޕްރަގްރާމްތަކެއް

މައުމޫން ފައުންޑޭޝަން އާއި އަވަސް އޮންލައިން ގުޅިގެން މި ރަމަޟާން މަހު، ހާއްސަ ޕްރަގްރާމްތަކެއް ގެނެސް ދިނުމަށް ނިންމައިފި އެވެ.

"ކީރިތި ގުރުއާނުގެ ދަރުބާރުގައި" މި ނަމުގައި ކޮންމެ ހަފްތާއަކު ޕްރަގްރާމެއް ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ. މި ސިލްސިލާގެ ފުރަތަމަ ޕްރަގްރާމް މިރޭ 10 ޖަހާއިރު އަވަސްގެ ސޯޝަލް މީޑިއާ އެކައުންޓްތައް މެދުވެރިކޮށް ގެނެސް ދިނުމަށް ހަމަޖެހިފައިވެއެވެ. އަދި ކުރިއަށް އޮތްތާ ކޮންމެ ހަފްތާއެއްގެ ހޯމަ ދުވަހުގެ ރޭ 10 ޖަހާއިރު އާ ޕްރަގްރާމެއް ގެެނެސް ގެނެސްދޭނެ އެވެ.

މި ސިލްސިލާގެ ޕްރަގްރާމްތަކުގައި މައުލޫމާތު ހިއްސާ ކުރައްވާނީ މައުމޫން ފައުންޑޭޝަންގެ ޗެއާމަން އަދި ދީނީ އިލްމުވެރިޔާ އަލްއުސްތާޛު މައުމޫން އަބްދުލްގައްޔޫމެވެ. މި ޕްރަގްރާމްތަކުގައި ކީރިތި ގުރުއާން ބާއްވާލެއްވުމާއި ގުރުއާންގައިވާ މުހިންމު ވާހަކަތަކާއި ކީރިތި ގުރުއާން މުއުޖިޒާތަކަށްވާ ސަބަބުތަކާއި ގުރުއާނުގައިވާ ހުކުމްތަކާއި ގުޅޭ އެކި މައުލޫމާތުތައް ގެނެސް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މައުމޫން ފައުންޑޭޝަން އާއި އަވަސް އޮންލައިން ގުޅިގެން ހާއްސަ ޕްރަގްރާމްތަކެއް ގެނެސް ދޭން ފަށާއިރު ރައީސް މައުމޫން ގެންދަވަނީ ދޭތެރެ ދޭތެރެއިން އަވަސް އޮންލައިނަށް އިލްމީ ލިޔުއްވުންތައް ލިޔުއްވަމުންނެވެ.