މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

މޫސުން ގޯސްވެ 12 އަތޮޅަށް އިންޒާރު

ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ބުނީ ނ އަތޮޅުން ފެށިގެން ތ އަތޮޅު ހިމެނޭހެން 12 އަތޮޅުގެ މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. މި އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ވަނީ ލަފާކޮށްފައެވެ. ކަނޑުތައް ގަދަވާނެތީ ދަތުރުކުރުމުގައިވެސް ސަމާލުވާން ވަނީ އެދިފައެވެ. އަދި ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މި އަތޮޅުތަކަށް ނެރެފައިވަނީ ޔެލޯ އެލާޓް ނެރެފައެވެ.

ހޫނުގަދަ ދުވަސްތަކަކަށް ފަހު މިދިޔަ ހަފްތާއިން ފެށިގެން ރާއްޖޭގެ މޫސުން ވަނީ ގޯސްވެފައެވެ. އީދު ދުވަހު މޫސުން ގޯސްވާނެ ކަމަށް ލަފާ ކުރެވުނު ނަމަވެސް ރާއްޖޭގެ މޫސުން އާދައިގެ ގޮތެއްގައި ރަނގަޅެވެ. މާލެ ސަރަހައްދުގެ މޫސުން ރަނގަޅުވުމުން ބޮޑު ޖަމާއަތުގައި އީދު ނަމާދު ކުރުން ވަނީ ކުރިއަށް ގެންގޮސްފައެވެ. ނަމަވެސް މިއަދު އަނެއްކާވެސް މޫސުން ވަނީ ގޯސްވެފައެވެ.