ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް މުޅި ރާއްޖެއަށް ވައިޓް އެލާޓް ނެރެފި އެވެ.
މޫސުމާއި ބެހޭ ގައުމީ އިދާރާއިން މި އެލާޓް ނެރެފައިވަނީ މިރޭ 8:30 ގެ ނިޔަލަށެވެ. އެ އިދާރާއިން ބުނީ މި ވަގުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ ކަމަށެވެ. އަދި ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.
މިއަދު ހެނދުން ފެށިގެން މެންދުރު ދޭއް ޖެހުމާއި ހަަމައަށްވެސް މުޅި ރާއްޖެއަށް އޮތީ ވައިޓްއެލާޓް ނެރެފައެވެ. އެ އެލާޓް އަލުން އައުކޮށްފައި މިވަނީ މޫސުން އިތުރަށް ގޯސްވާނެ ކަމަށް ލަފާ ކުރެވޭތީ އެވެ.
ދަތުރުކުުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ. މިދިޔަ ހަފްތާ އިން ފެށިގެން މޫސުން ގޯސްވެ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށްފައިވެއެވެ. ބައެއް ދުވަސް ދުވަހު ގަދަ ވިދުމާއެކު ބާރަށް ގުގުރާފައިވެއެވެ. މާލެއަށްވެސް ވަރަށް ބޯކޮށް ވާރޭވެހި ފެންބޮޑުވިއެވެ.