އައިކެއާ އޮޕްޓިކަލްސް އިން ކުޑަކުދިންގެ ދުވަހު ހާއްސަ ޕްރޮމޯޝަނެއް ކުރިއަށް ގެންދަން ނިންމައިފި އެވެ.
އެއް ދުވަހަށް ކުރިއަށްދާ މި ޕްރޮމޯޝަންގައި ކުޑަކުދީންގެ ހުރިހާ ޕްރޮޑަކްޓްތަކަކުން 20 ޕަސެންޓްގެ ޑިސްކައުޓް ލިބޭނެ އެވެ. އެގޮތުން އެކި ބްރޭންޑްތަކުގެ އައިނު ދުނިގަނޑާއި އަވިއައިނުންވެސް އެ އަދަދަށް ޑިސްކައުންޓް ދޭނެ އެވެ.
މާދަމާ އައިކެއާ އޮޕްޓިކަލްސްގެ ހުރިހާ ފިހާރައެއްގައި މި ޕްރޮމޯޝަން ކުރިއަށް ގެންދާނެ އެވެ.
އައިކެއާ އޮޕްޓިކަލްސްއަކީ ލޮލާއި ގުޅުންހުރި ހުރިހާ ހިދުމަތެއް އެއްތަނަކުން ފޯރުކޮށްދެމުން އަންނަ ހަމައެކަނި ކުންފުންޏެވެ. މަޝްހޫރު ގިނަ ބްރޭންޑްތަކުގެ އައިނާއި ކޮންޓްކެޓް ލެންސާއި ލޮލުގެ އެގްޒަމިނޭޝަން ހެދުމާއި ކޯޕޮރޭޓް އަދި ސްކްރީނިން ޕްރޮގްރާމް ހިންގުމާއި ލޮލުގެ ފަރުވާއަށް ބޭނުންވާ ސާޖަރީ ހެދުމުގެ ހިދުމަތްވެސް އައިކެއާ އިން އަންނަނީ ފޯރުކޮށް ދެމުންނެވެ.
އިތުރު މައުލޫމާތު ހޯދުމަށް އައިކެއާ އޮޕްޓިކަލްސްގެ ހޮޓްލައިން 3321026 އަށް ގުޅުއްވުމަށް އެ ކުންފުނިން އެދެމެވެ. އަދި އައިކެއާ އޮޕްޓިކަލްސްގައި ލިބެން ހުރި ޕްރަޑަކްޓްތައް eyecare.mv އަށް ޒިޔާރަތް ކޮށްލައިގެން ބަލައިލެވޭނެ އެވެ.