ލައިފްސްޓައިލް

ޖަނާޒާގައި ވެސް އޮތީ ނެށުމާއި ލަވަ

ޖަނާޒާއެއްގައި އަންހެނަކު ބެލީ ޑާންސް ކުރަނިކޮށް ނަގާފައިވާ ވީޑިއޯއެއް އިއްޔެ އިންޓަނެޓުގައި ވަރަށް ބާރަށް ދައުރު ވެފައި ވެއެވެ.

މި ވީޑިއޯ ފެށޭއިރު ފެންނަނީ ޖަނާޒާގައި ބައިވެރިވާން ގޮސް ތިބި މީހުން ތަކެކެވެ. އަދި އެމީހުންތަކުގެ މެދުގައި އަންހެނަކު ހިންދީ ލަވައަކަށް ބެލީ ޑާންސް ކުރާ މަންޒަރު ފެނެ އެވެ. އެ އަންހެން މީހާ ނަށަނީ ސަލްމާން ޚާންގެ "ވޯންޓަޑް"ގެ ލަވަޔަކަށެވެ.

ޖަނާޒާއަށް ގޮސް ތިބި މީހުން ވެސް މި މީހާގެ ޑާންސް ޕާފޯމަންސަށް ތަރުހީބު ދެމުންދާތަން ވެސް ވީޑިއޯގައި ފެނެ އެވެ،

މި ވީޑިއޯ އިންސްޓަގްރާމްގައި ޝެއާ ކުރި މީހާ ވެސް ސުވާލުކޮށްފައިވަނީ ޖަނާޒާ އަށް ގޮސް ތިބި މީހުން ތިބީ ދެރަ ވެފައިތޯ ނުވަތަ އުފަލުންތޯ އެވެ.

މި ވީޑިއޯ ބެލި ގިނަ މީހުން ކޮމެންޓް ކޮށްފައިވާ ގޮތުގައި މިއީ އެމީހުންނަށް ވަރަށް ބޮޑު ޝޮކެއް ލިބުނު ވީޑީއޯ އެކެވެ. ޖަނާޒާ އަކީ އެމީހެއްގެ އާއިލާގެ މީހެއް ނުވަތަ ގާތް މީހެއް މަރުވެގެން އޭނާއަށް އެންމެ ފަހުގެ އިހުތިރާމް އަދާކުރުމަށް ބާއްވާ ކަމަކަށް ވާއިރު އެފަދަ ތަނެއްގައި މީހަކު ބަނޑިބަނޑިއަށް ނެށުމަކީ ގިނަ މީހުންނަށް ބަލައިގަނެވޭ ވަރުގެ ކަމަކަށް ނުވި އެވެ.

މި އަންހެންމީހާ ނަށަމުންދިޔަ ތަނުގެ ބެކްގްރައުންޑްގައި ދުވަސްވީ އަންހެނެއްގެ ފޮޓޯ ބަހައްޓާފައި ހުއްޓެވެ. އެހެންކަމުން ލަފާ ކުރެވެނީ މިއީ އެ އަންހެން މީހާގެ ޖަނާޒާ ކަމަށެވެ.

މި އަންހެން މީހާގެ ނެށުމަށް ތާއީދުކޮށް އޭނާ ވެސް ބޭނުމީ މިފަދަ ޖަނާޒާއެއް ކަމަށް އެކަކު ބުނެފައި ވެއެވެ.