މޫސުން

މޫސުން ގޯސްވެ 15 އަތޮޅަށް އިންޒާރު

މޫސުން ގޯސްވެ 15 އަތޮޅަށް މޫސުމީ އިންޒާރު ނެރެފި އެވެ.

މެޓް އޮފީހުން ހުދު ސަމާލު ނެރެފައިވަނީ ހއ އަތޮޅުން ފެށިގެން ތ އަތޮޅަށް، ޖުމްލަ 15 އަތޮޅަށެވެ. އެ އިދާރާއިން ބުނީ މޫސުމީ އިންޒާރު މިރޭ 11 އާ ހަމައަށް ނެރޭ ކަމަށެވެ.

މި ވަގުތުތަކުގައި ގަޑިއަކު 19 މޭލާއި 24 މޭލާއި ދެމެދުގެ ބާރު މިނުގައި ވައިޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެން ކަމުން ކަނޑުދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ވަނީ އިލްތިމާސް ކޮށްފައެވެ.

މޫސުން ގޯސްވެ މާލެ ސަރަހައްދަށްވެސް މިއަދު ވަރަށް ބޮޑަށް ވާރޭވެހިފައިވެއެވެ.