މާރިޔާ އަހުމަދު ދީދީ

މާރިޔާގެ ގެކޮޅުގައި އިންޑިއާ އައުޓް ޖަހައިފި

May 17, 2022
2
ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުުޅުއްވާ ގެކޮޅުގެ ދޮރުފަތެއްގައި "އިންޑިއާ އައުޓް" ޖަހާފައި
0%
0%
0%

ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ދިރިއުުޅުއްވާ ގެކޮޅުގެ ދޮރުފަތެއްގައި "އިންޑިއާ އައުޓް" ޖަހައިފި އެވެ.

އޮރެންޖު ކުލައިގެ ސްޕްރޭ ބޭނުންކޮށްގެން މިނިސްޓަރު މާރިޔާ ދިރިއުޅުއްވާ ގެކޮޅުގެ ދޮރުފަތަށް އިންޑިއާ އައުޓް ޖަހާފައިވީ ނަމަވެސް އެކަން ކުރި ބައެއް އަދި އެނގިފައެއް ނުވެ އެވެ.

ފުލުހުން ބުނީ މައްސަލަ ސަމާލުކަމަށް އައިސްފައިވާތީ ބަލަމުންދާ ކަމަށެވެ. އެކަމަކު މިމައްސަލައިގައި އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާ ކަމަށް އަވަސްއަށް އެނގިފައިވެ އެވެ.

މާރިޔާ ދިރިއުޅުއްވާ ގެކޮޅުގެ ދޮރުފަތުރުގައި އިންޑިއާ އައުޓް ޖަހާފައި މިވަނީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން ހައްޔަރުކުރުމަށް ގޮވާލައި އެމަނިކުފާނުގެ ގެކޮޅުގެ ބޭރު ފާރަށް ސްޕްރޭކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައި ވަނިކޮށެވެ.

މިނިސްޓަރު މާރިޔާ އަކީ އިންޑިއާ އައުޓް ހަރަކާތަށް ސަރުކާރުގެ ތެރެއިން އެންމެ ބޮޑަށް ފާޑުވިދާޅުވާ އެއް ވަޒީރެވެ.

ވެރިކަން ކުރާ ކޯލިޝަންގައި ހިމެނޭ އެމްއާރްއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދިރިއުޅުއްވާ އެންދެރިމާގޭ ފާރުގައިވެސް ސްޕްރޭ ބޭނުންކޮށްގެން މިދިޔަ އާދިއްތަ ދުވަހުގެ ރޭ އިންޑިއާ އައުޓް ޖަހާފައިވެ އެވެ.

ރޭގަނޑުގެ ދަންވަރުގެ ވަގުތުގައި އިންޑިއާ އައުޓް ޖަހާފައިވާ ކަރުދާސް ތަކެއްވެސް މާލޭގެ އެކި ސަރަހައްދުތަކަށް އަޅަމުންދާތާ މިހާރު ހަފްތާއަކަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ. އެކަން ކުރާ ބަޔަކު ދެނެގަނެވިފައިވާ ކަމަށާއި އެމީހުން ހޯދުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.

އިދިކޮޅުން ކުރިއަށް ގެންދާ އިންޑިއާ އައުޓް ހަރަކާތަކީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލަކަށް ވާތީ އެ ހަރަކާތް ހުއްޓުވަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ނެރުއްވި ގަރާރެއްގައި ދައުލަތުގެ އިދާރާތަކަށް ވަނީ އަމުރުކުރައްވާފަ އެވެ.

ރައީސްގެ އަމުރާ ގުޅިގެން ފުލުހުން ގެންދަނީ މާލެއާއި އަތޮޅު ތެރޭގައި އަމިއްލަ އިމާރާތްތަކުގައި ދަމާފައި ހުންނަ އިންޑިއާ އައުޓް ބެނާތައް ނެގުމަށްފަހު އެފަދަ ބެނާތައް ދަމާފައި ހުންނަ އިމާރާތްތަކުގެ ވެރިން ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް ސުވާލުވެސް ކުރަމުންނެވެ.

އިންޑިއާ އައުޓް ހަރަކާތް ހުއްޓުވަން ދައުލަތުގެ އިދާރާތަކުން މަސައްކަތް ކުރި ނަމަވެސް އެ ހަރަކާތް ނުހުއްޓާނެ ކަމަށް އިިދިކޮޅުން ގެންދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!

އޭ ތިއީ މާރިޔާގެ ގޭގެ ދޮރެއް ނޫން!

ހަމަ މީހަކު އެއްޗެކޭ ބުނާއިރަށް އަވަހޭ ޚަބަރު ފަތުރާލާލެއް! ތިއީ މާރިޔާ ދީދީގެ ގޭގެ ދޮރެއް ނޫނެވެ. ތިއީ އެގެއާއި ކައިރި ހިސާބެއްގައި ހުރި އެހެން ގެއެއްގެ ދޮރެވެ.

ޑރ. ރާމީ ޙަސަން މަނިކު މ.ވައިނުޖެހޭގެ

ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ތިބީ "އިންޑިއާ އައުޓް" އަށް ތާޢީދު ކުރާ ޕާޓީ ގައެވެ. ވީމާ ރާއްޖޭގެ ދެބައިކުޅަ އެއްބައި މީހުން ފުލުހަށް ގެންދިއުމަކީ ކުރެވިދާނެ ކަމަކަށް ހަމަބުއްދި ހުރި މީހަކު ނުދެކޭނެއެވެ. އިބޫ، ތައިރޮއިޑް ނެގި ފަހުން ކުރަނީ މިކަހަލަ ދެއުޅިއެއް ނުވާ ކަންކަމެވެ. އެއް ލޯ ނަގައިގެން ވެސް ލަންކާގެ ޗަންދްރިކާ ވެރިކަން ކުރިއެވެ. ނަމަވެސް ދިޔައީ "ޗޮކުހުން" ނެވެ. އިބޫ ގެ ކަރުން ނެގި ތައިރޮއިޑް އަކީ، އެއް ލޮލާ ބުނާހެން ހަށިގަނޑުގެ މައިގަނޑު އެއް ގުނަވަނެވެ. އިނގިރޭސި ބަހުން ބުނާނަމަ ހަށިގަނޑުގެ މޭޖަރ ގުނަވަނެކެވެ. ވީމާ އިބޫ ތައިރޮއިޑް ނަގައިގެން ވެރިކަމުގައި "ބަގުޑި ނުބައްދާ" ރަނގަޅު ވާނީ ވެރިކަމަށް ލިޔާޤަތާއި ޤާބިލް ކަން ހުރި ޔާމީން އާއި ރައީސްކަން ޙަވާލު ކުރިއްޔާއެވެ. މިހާރު ވެސް ލަސް ވެއްޖެއެވެ. އެއީ ތައިރޮއިޑް ކަހަލަ ހަށިގަނޑުގެ މޭޖަރ (ބޮޑުވެގެންވާ) ގުނަވަނެއް ނެގުމަކީ އިންސާނާ ގެ ހުރިހާ ގުނަވަނެއް ހަމައަށް ހުރި މީހަކަށް ނުބެލެވޭނެތީއެވެ.

April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910