ރާއްޖޭގެ މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ޔެލޯ އެލާޓް ނެރެފި އެވެ.
މޫސުމާއިބެހޭ ގައުމީ އިދާރާއިން ބުނީ މިރޭ ހަތެއް ޖެހުމާއި ހަމައަށް އުތުރުގެ 12 އަތޮޅަށް ލެޔޯ އެލާޓް ނެރެފައިވާ ކަމަށެވެ. އެއީ ހއ އަތޮޅުން ފެށިގެން މ އަތޮޅަށެވެ.
މި ވަގުތުތަކުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާއި ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ އެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ބުނީ ކަނޑުތައް ގަދަވާނެ ކަމަށް ލަފާ ކުރެވޭތީ ދަތުރުކުރުމުގައި ސަމާލުވާން އެދޭ ކަމަށެވެ.