ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

"މަޖީދީ ރަން" ނިންމާލައިފި

May 17, 2022
1

މަޖީދިއްޔާ ސްކޫލަށް 95 އަހަރު ފުރޭ މުނާސަބާ ފާހަގަކުރުމަށް ބާއްވާ "މަޖީދީ ރަން" ނިންމުމުގެ ރަސްމިއްޔާތު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އަދި އަނބިކަނބަލުން ފަޒްނާ އަހްމަދު ޝަރަފުވެރި ކޮށްދެއްވައިފި އެވެ. މި ރަސްމިއްޔާތު ބާއްވަވާފައި ވަނީ މާލެ ކުޅިވަރު އެކުވެނި ސިންތެޓިކް ޓްރެކްގައެވެ.

މަޖީދީ ރަން ނިންމުމުގެ ކުރިން ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ މަޖީދީ ރަންގައި ސިންތެޓިޖް ޓްރެކްގައި ދުވެވަޑައިގަންނަވާފައެވެ.

އެއަށްފަހު ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖީދީ ރަން ނިންމެވުމުގެ ގޮތުން މަޖީދީ ރަންގެ ދަންމަރު ނިންވާލައްވާފައެވެ. މަޖީދީ ރަންގައި މިހާތަނަށް ގިނަ ބަޔަކު ބައިވެރިވެފައިވާއިރު މިރޭ ބޭއްވި ރަން ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މަޖީދީ ރަންގައި ރައްޔިތުންގެ މަޖިލިސްގެ ރައީސް މުހައްމަދު ނަޝީދާއި އުއްތަމަ ފަނޑިޔާރު އަހްމަދު މުއުތަސިމް އަދުނާނުގެ އިތުރުން ވަޒީރުންނާއި ދައުލަތުގެ އިއްޒަތްތެރިންނާއި މަޖީދިއްޔާ ސްކޫލްގެ ގިނަ އަދަދެއްގެ މިހާރުގެ ދަރިވަރުންނާއި އިސްދަރިވަރުން ބައިވެރިވެވަޑައިގެންނެވި އެވެ.