މޯލްޑިވްސް މިޓިއޮރޮލޮޖިކަލް ސާވިސް

ސަމާލު! މޫސުމީ އިންޒާރު ދަމަހައްޓައިފި

ރާއްޖޭގެ މޫސުން ގޯސްވެ އުތުރުގެ އަތޮޅުތަކަށް ނެރުނު ޔެލޯ އެލާޓް ދަމަހައްޓައިފި އެވެ.

މޫސުމާއިބެހޭ ގައުމީ އިދާރާއިން ވަނީ މިރޭ ހަތެއް ޖެހުމާއި ހަމައަށް އުތުރުގެ 12 އަތޮޅަށް ލެޔޯ އެލާޓް ނެރެފައެވެ. އެއީ ހއ އަތޮޅުން ފެށިގެން މ އަތޮޅަށެވެ.

މެޓް އޮފީހުން މިހާރު ވަނީ އެ އެލާޓް ދަމަހައްޓާފައެވެ. އެލާޓް ދަމަހައްޓާފައިވަނީ މިރޭ މެންދަމު އެކެއް ޖެހުމާއި ހަމައަށެވެ.

އެ އޮފީހުން ބުނީ އެ ވަގުތަކުގައި ބޯކޮށް ވާރޭވެހި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރު ނިމުގައި ވައި ޖެހޭނެ ކަމަށެވެ.

އަދި ވިލާގަނޑުގައި ގަޑިއަކު 50 މާލެއަށް ވައި ގަދަވާނެ ކަމަށް ލަފާ ކޮށްފައިވެއެވެ. އަދި ކަނޑުތައް ގަދަވާނެ ކަަމަށް ވަނީ ލަފާކޮށްފައެވެ. އެެހެން ކަމުން ކަނޑު ދަތުރުކުރުމުގައި ސަމާލުވާން ވަނީ އެދިފައެވެ.

ރާއްޖޭގެ މޫސުން ގޯސްވެ އުތުރާއި މެދު އަތޮޅުތަކަށް ދަނީ ބޯކޮށް ވާރޭވެހެމުންނެވެ.