އިލެކްޝަންސް ކޮމިޝަން

ފަސް ރަށެއްގެ ބައި އިލެކްޝަން ޖުލައި ދޭއްގައި

May 17, 2022
އަންހެނަކު ވޯޓްލުމަށް ފަހު އިނގިލީގެ ނިޝާން ދައްކާލަނީ: ފަސް ރަށެއްގެ އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން އަންނަ ޖޫން މަހު ބޭއްވުމަށް ވަނީ ނިންމާފައި --
0%
0%
0%

ފަސް ރަށެއްގެ އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން އަންނަ ޖޫން މަހު ބޭއްވުމަށް ނިންމައިފި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ހއ. ވަށަފަރާއި ށ. ޅައިމަގާއި ށ. ކޮމަންޑޫ އާއި ކ. ތުލުސްދޫ އާއި އއ. ތޮއްޑޫގެ އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. ބައި އިލެކްޝަން އޮންނާނީ ޖޫން މަހުގެ ދެވަނަ ދުވަހު އެވެ.

މި ފަސް ރަށުގައިވެސް ބައި އިލެކްޝަން ބާއްވަނީ އަންހެނުންގެ ތަަރައްގީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރަކު އިސްތިއުފާ ދިނުމުންނެވެ.

ބައި އިލެކްޝަންތައް ބޭއްވުމަށް ކޮންމެ އަހަރަކުވެސް ދައުލަތުގެ ބަޖެޓުން ބޮޑު ހަރަދެއް ކުރަން ޖެހޭތީ އިންތިހާބުވާ މެންބަރުން ދައުރު ފުރިހަމަ ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ އެދިފައެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910