މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުންގެ "އޯޕަން ޑޭ" އައްޑޫގައި ބާއްވަނީ

May 17, 2022

އައްޑޫ ސިޓީގެ ޒުވާނުންނަށް އަމާޒުކޮށްގެން އޯޕަން ޑޭ އެއް ބޭއްވުމަށް ފުލުހުން ނިންމައިފި އެވެ.

އައްޑޫގައި ހުންނަ ފުލުހުންގެ އެކަޑަމީ -- ނެޝަނަލް ކޮލެޖް އޮޕް ޕޮލިސިން އެންޑް ލޯ އެންފޯސްމެންޓްގައި އޯޕަންޑޭ ކުރިއަށް ގެންދިއުމަށް ހަމަަޖައްސާފައިވަނީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

އޯޕަންޑޭ ކުރިއަށް ދާނީ އެ ދުވަހުގެ މެންދުރުފަހު 3:00 އިން އިރުއޮއްސި 6:00 އަށެވެ.

ފުލުހުންގެ ހިދުމަތާ ގުޅެން ބޭނުންވާ ފަރާތްތަކަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ އޯޕަންޑޭގައި ފުލުހުންގެ މަސައްކަތްތަކާ ގުޅޭ މައުލޫމާތު ދިނުމަށް ހަމަޖެހިފައިވެ އެވެ.

އޯލެވެލް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އޯޕަންޑޭގެ ތެރޭގައި ފުލުހުންގެ ވަޒީފާ އަށް ފޯމް ހުށަހެޅުމަށް ފުރުސަތު ދިނުމަށްވެސް ނިންމާފައިވެ އެވެ.