އައްޑޫ ސިޓީ

އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އައްޑޫ ސިޓީގެ ހިތަދޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އައްޑޫ ސިޓީ ކައުންސިލް އިދާރާ ހިމެނޭ ސަރަހައްދުގައި މި އެކްސިޑެންޓް ހިނގީ ދެ ކާރު ޖެހިގެންނެވެ.

ހެނދުނު 7:30 ހާއިރު އެކްސިޑެންޓްގައި ދެ ކާރަށްވެސް އެކިވަރުގެ ގެއްލުންތައް ލިބި އެއް ކާރު ވަނީ ފޮރޮޅާލާފަ އެވެ.

މިއެކްސިޑެންޓްގައި ކާރުގައި އެވަގުތު ތިބި އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެ އެވެ.