އައްޑޫ ސިޓީ

އައްޑޫ އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ

Oct 6, 2022
އެކްސިޑެންޓްގައި މަރުވި ސ. ހިތަދޫ ދުންނިކަގެ، އިބްރާހިމް ހުސައިން
50%
0%
50%

އައްޑޫ ސިޓީގެ ހިތަދޫ ލިންކް ރޯޑްގައި މިމަހުގެ ދެވަނަ ދުވަހު ހިނގި ނުރައްކާތެރި އެކްސިޑެންޓްގައި ހާލު ސީރިއަސްވި މީހާ މަރުވެއްޖެ އެވެ.

މަރުވެފައިވަނީ ސ. ހިތަދޫ ދުންނިކަގެ، އިބްރާހިމް ހުސައިން (62 އ) އެވެ. އެކްސިޑެންޓާ ގުޅިގެން އޭނާގެ ބޮލާއި މޫނު މަތީގެ ބައެއް ގުނަވަންތަކަށް ބޮޑެތި އަނިޔާތަކެއް ލިބިފައިވެ އެވެ.

އޭނާ މަރުވީ އެކްސިޑެންޓާ ގުޅިގެން އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް ރޭ 12:29 ހާއިރު އެވެ.

މި އެކްސިޑެންޓްގައި އިތުރު ތިން މީހަކަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ. ނަމަވެސް އެ މީހުންނަށް ލިބުނު އަނިޔާ އެހާ ސީރިއަސް ނޫން ކަމަށް އެނގިފައިވެ އެވެ.

އައްޑޫ ލިންކް ރޯޑްގައި މީގެކުރިން ވެސް ނުރައްކާތެރި އެކްސިޑެންޓް ހިނގާ ބައެއް ފުރާނަ ގެއްލިފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345