މޯލްޑިވްސް ޕޮލިސް ސާވިސް

ބޭބެ މަރާލުމުގެ ތުހުމަތުގައި ކޮއްކޮ ހައްޔަރުކޮށްފި

Jun 1, 2023
1

އައްޑޫ ސިޓީގެ މަރަދޫފޭދޫގައި ތޫނު އެއްޗަކުން ހަމަލާދީ ބޭބެ މަރާލުމުގެ ކުށުގައި ކޮއްކޮ -- ހުސައިން މަވާޒް ހައްޔަރުކޮށްފި އެވެ.

މަވާޒް ހަމަލާ ދިނުމާ ގުޅިގެން އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް މަރުވެފައިވަނީ މަރަދޫފޭދޫ، ބްލޫ ސްޓާ އަހްމަދު ޝުވައިބް (27 އ) އެވެ.

ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:38 ހާއިރު ކަމަށެވެ.

ބޭބެ މަރާލުމަށްފަހު މަވާޒް އުޅުނީ ފިލައިގެންނެވެ. އޭނާ ހައްޔަރުކުރީ އަމިއްލައަށް ފުލުހުންގެ އިދާރާއަށް ހާޒިރުވެ ފުލުހުންނާ ހަވާލުވުމުންނެވެ.