އައްޑޫ ސިޓީ ކައުންސިލް

އައްޑޫގައި އެކްސިޑެންޓެއްވެ އެކެއްގެ ހާލު ސީރިއަސް

Oct 2, 2022

އައްޑޫ ސިޓީގެ ހިތަދޫ ލިންކް ރޯޑްގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

އެކްސިޑެންޓް ހިނގީ މިއަދު ހަވީރު ދެ ސައިކަލެއް ޖެހިގެންނެވެ. ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވެ އެވެ.

އެކެއްގެ ހާލު ސީރިއަސް ކަމަށާއި އޭނާ އަކީ އުމުރުން 62 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށް އެނގިފައިވެ އެވެ.

އޭނާ އަށް މިވަގުތު ފަރުވާ ދެނީ އައްޑޫ އިކްއިޓޯރިއަލް ހޮސްޕިޓަލްގެ އައިސީޔޫގަ އެވެ.

އެކްސިޑެންޓްގައި ބޮޑަށް އަނިޔާވި މީހާގެ ބޮލާއި މޫނު މަތީގެ ބައެއް ގުނަވަންތަކަށް އަނިޔާވެފައިވާ ކަމަށްވެސް މައުލޫމާތު ލިބެ އެވެ.