ހަނިމާދޫ

ހަނިމާދޫ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި

May 20, 2022

ހދ. ހަނިމާދޫގައި އިމާރާތްކުރާ މިސްކިތުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

މި މަސައްކަތް ފައްޓަވައިދެއްވީ މިނިސްޓަރު އޮފް އިސްލާމިކް އެފެއާޒް ޑރ. އަހްމަދު ޒާހިރު އަލީ އާއި ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަންއެވެ.

500 މީހުންގެ ޖާގައިގެ މި މިސްކިތް އިމާރާތްކުރުމަށް އެއްބަސްވެފައިވަނީ 11،906،881.17 އަށެވެ.

މި މިސްކިތް އިމާރާތްކުރުމަށް ސޮއިކޮށްފައިވަނީ ފެބްރުއަރީ 6، 2022 ގައެވެ. 365 ދުވަހުގެ ތެރޭގައި ނިންމަންޖެހޭ މި މަަސައްކަތުގެ ފަހު ތާރީހަކީ މާޗް 6، 2023 އެވެ.