ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު

ބަރުބަރީ މިސްކިތުގެ މަސައްކަތް މިއަހަރު ފަށާނެ: ޝަހީމް

މަސްޖިދުލް ޔޫސުފުލް ބަރުބަރީ ހުރި ބިމުގައި އެޅުމަށް ހަމަޖެހިފައިވާ މިސްކިތުގެ މަސައްކަތް މިއަހަރު ފެށުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވަނީ އެ ތަނުގައި އެޅުމަށް ހަމަޖެހިފައިވާ އާ މިސްކިތުގެ ޑިޒައިން އެކްސްގައި ހިއްސާކުރައްވާފަ އެވެ.

ބަރުބަރީ މިސްކިތް އެޅުމުގެ އެއްބަސްވުމުގައި މިދިޔަ ޖެނުއަރީ މަހުގެ ތެރޭގައި ސޮއިކޮށްފައިވާއިރު މި މިސްކިތް އަލުން އަޅައިދެނީ އަމިއްލަ މީހެކެވެ.

މިސްކިތް އަލުން އަޅަނީ 1،400 މީހުންނަށް އެއް ފަހަރާ ނަމާދުކުރެވޭ ގޮތަށް ތިން ބުރިއަށެވެ.

މާލޭގައި ހުރި ޒިކްރާ މިސްކިތުގެ ބިމުގައި އަމިއްލަ ފަރާތަކުން އާ މިސްކިތެއް އެޅުމަށް މިހާރު ދަނީ ތައްޔާރުވަމުންނެވެ.

އަމިއްލަ ފަރާތްތަކުން މިސްކިތްތައް އެޅުމަށް ސަރުކާރުގައި އެދެމުންދާތީ ސަރުކާރުން ގެންދަނީ އެ ފުރުސަތުވެސް ފަހިކޮށްދެމުންނެވެ.