އިސްލާމިކް މިނިސްޓްރީ

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިފްތިތާހުކޮށްފި

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން -- ފޮޓޯ: އަވަސް
0%
0%
0%

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯ އަދި ހަފްތާ 14ގެ ޕްލޭންގައި ހިމަނާފައިވާ މެދުނުކެނޑި މިސްކިތްތަކުގެ ހާލަތު ދެނެގަނެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގެ ދަށުން މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް މިއަދު އިފްތިތާހްކޮށްފި އެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިފްތިތާހްކުރުމަށް އިސްލާމީ މަރުކަޒުގައި މިއަދު ކުރިއަށް ދިޔަ ހަފްލާ ޝަރަފުވެރިކޮށްދެއްވީ ދިވެހި ބަހާއި ތާރީހާ ބެހޭ ވަޒީރު އާދަމް ނަސީރު އިބްރާހީމް އެވެ.

މިހަފްލާގައި ވަނީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހުގެ ލޯގޯއާއި ކުލަ ދައްކާލާފަ އެވެ.

މިސްކިތްތަކާ ބެހޭ ގައުމީ މަޖިލިސް އިފްތިތާހް ކުރުމަށް ބޭއްވި ހަފްލާގައި ހެރިޓޭޖު މިނިސްޓަރު އާދަމް ނަސީރު ވާހަކަދައްކަވަނީ -- ފޮޓޯ: އަވަސް

މިހަފްލާގައި މިނިސްޓަރު އާދަމް ނަސީރު ވަނީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީހެއް އޮތުމުގެ މުހިއްމު ކަމާއި މިސްކިތްތަކުގެ މަތިވެރިކަން ފާހަގަކުރައްވާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވަނީ މިސްކިތްތަކާ ބެހޭ ގައުމީ މަޖިލީސް އެކުލާވާލުމަށް ކުރެވުނު މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ވަރަށް ބޮޑު އެހީތެރިކަމެއް ލިބިވަޑައިގެންނެވި ކަމަށް ވިދާޅުވެފަ އެވެ. އަދި މިފަދަ މަޖިލީހެއް އެކުލަވާލުމަށް މަސައްކަތް ކުރެއްވި ހުރިހާ ބޭފުޅުންނަށް މިނިސްޓަރު ޝަހީމް ވަނީ ޝުކުރުވެސް އަދާކުރައްވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910