އިސްލާމިކް މިނިސްޓްރީ

ބޮޑުގެ ވަގުތީ މިސްކިތް ތަޅާލައި ތިން ބުރީގެ މިސްކިތެއް އަޅަނީ

މާފަންނު ބޮޑުގެ" ވަގުތީ މިސްކިތް ހުރި ތަނުގައި އަޅަން ނިންމާފައިވާ ޒަމާނީ ފެންވަރުގެ ތިން ބުރީގެ މިސްކިތުގެ ކުރެހުން
0%
0%
0%

މާފަންނު ބޮޑުގެ" ވަގުތީ މިސްކިތް ހުރި ތަނުގައި ޒަމާނީ ފެންވަރުގެ ތިން ބުރީގެ މިސްކިތެއް އެޅުމަށް ނިންމާފަ އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވީ މި މިސްކިތް އަޅާނީ ޤުރުއާނުގެ އިލްމު އުނގަންނައިދެވޭ ގޮތަށް ކްލާސް ރޫމާއި ލައިބްރަރީވެސް ހިމަނައިގެން ކަމަށެވެ.

ރަމަޟާން މަހުގެ ފަހުން ވަގުތީ މިސްކިތް ތަޅާލައި އާ މިސްކިތުގެ އެޅުމުގެ މަސައްކަތް ފަށާނެ ކަމަށްވެސް ޝަހީމް ވިދާޅުވި އެވެ.

"މި މިސްކިތް އަޅަނީ މިނިސްޓްރީއާ ހެޔޮ އެދޭ ފަރާތްތަކެއް ގުޅިގެން،" ޝަހީމް އިތުރަށް ސާފުކޮށްލަ ދެއްވި އެވެ.

ނިމިގެން ދިޔަ 2024 ވަނަ އަހަރު މުޅިން އަލަށް ތިން މިސްކިތެއް ހުޅުވިއިރު މީގެތެރެއިން ދެ މިސްކިތަކީ އަމިއްލަ ފަރާތަކުން ބިނާކޮށްފައިވާ މިސްކިތްތަކެވެ.

އިސްލާމިކް މިނިސްޓްރީން މިދިޔަ އަހަރު ވަނީ އިތުރު 9 މިސްކިތެއް ބިނާކުރުމަށް އަމިއްލަ ފަރާތަކަށް ހުއްދަ ދީފަ އެވެ. މީގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުގައި ބިނާ ކުރާ ފަސް މިސްކިތާއި އަތޮޅުތަކުގައި ބިނާކުރާ 4 މިސްކިތެވެ

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910