އިސްލާމިކް މިނިސްޓްރީ

އިމާމުންގެ ފުރަތަމަ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު

އިސްލާމިކް މިނިސްޓްރީން އެންމެ ފަހުން ބޭއްވި މަހާސިންތާގައި ބައިވެރިވި ދީނީ އިޖުމާއީ ޖަމިއްޔާތަކުގެ ބޭފުޅުންނާ އެކު މިނިސްޓަރު ޝަހީމް -- ފޮޓޯ: އިސްލާމިކް މިނިސްޓްރީ
0%
0%
0%

ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އިމާމުންގެ މަހާސިންތާ އަންނަ ހޮނިހިރު ދުވަހު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ މިފަދަ މަހާސިންތާއެއް ބާއްވަނީ އިމާމުން ބިނާކުރުމާއި ތަމްރީން ކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދޭތީ ކަމަށެވެ.

މި މަހާސިންތާގައި އިސްލާމުންނަށް ކުރިމަތިވެފައި ހުރި މައްސަލަތަކާއި އެކަންކަން ހައްލުކުރުމަށް އިމާމުންގެ ދައުރުގެ މުހިއްމު ކަމާއި އަދި މިސްކިތްތަކުގައި ކުރެވިދާނެ ކަންކަމުގެ މައުލޫމާތު ހިއްސާކުރުމަށް ހަމަޖެހިފައިވާ ކަމަށްވެސް މިނިސްޓަރު މައުލޫމާތު ދެއްވާފައިވެ އެވެ.

"މިކަންކަން އިމާމުންނަށް އެނގެންޖެހޭތީވެ މިކަމާ ބެހޭގޮތުން މަހާސިންތާގައި މައުލޫމާތު ދޭނެ،" ޝަހީމް ވިދާޅުވި އެވެ.

މިމަހާސިންތާގައި ހާޒިރުވެގެންނާއި އަދި އޮންލައިންކޮށް ޖުމްލަ 388 އިމާމުން ބައިވެރިވުމަށް ހަމަޖެހިފައިވެ އެވެ.

އިމާމުން ތަމްރީން ކުރުމުގެ ގޮތުން ރާއްޖޭގެ 60 އިމާމަކު މިސަރުކާރުގައި މިހާތަނަށް ވަނީ ރާއްޖެއިން ބޭރަށް ފޮނުވަފަ އެވެ. ސަރުކާރުގެ އަމާޒަކީ މިއަހަރުގެ ތެރޭގައި 100 އިމާމުން ބޭރަށް ފޮނުވައިގެން ތަމްރީން ކުރުން ކަމަށްވެސް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910